މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސިނަމާލެ ބްރިޖްގައި ބޭނުންކުރުމަށް 01 ޓޯ ވެހިކަލް މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސިނަމާލެ ބްރިޖްގައި ދުއްވާ ވެހިކަލްތަކަށް ޖެހިދާނެ ކުއްލި މައްސަލަތައް މަރާމާތުކުރުމަށްޓަކައި ބޭނުންކުރުމަށް 01 ޓޯ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޫބަރު 01 ވާ ހޯމަ ދުވަހުގެ 09:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ސެޕްޓެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 08:00 އިން ފެށިގެން 2018 ސެޕްޓެނަބްރު 30 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ސެޕްޓެނަބްރު 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

19 ސެޕްޓެންބަރު 2018
ހޯދާ