މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކ.ތިލަފުށި އިން ރ.ދުވާފަރު އަށް ތަކެތި އުފުލުމަށްޓަކައި 01 މަސްދުވަހަށް ދޯންޏެއް ކުއްޔަށް ހިފުން

އިޢުލާން

ކ.ތިލަފުށި އިން ރ.ދުވާފަރު އަށް ތަކެތި އުފުލުމަށްޓަކައި 01 މަސްދުވަހަށް ދޯންޏެއް ކުއްޔަށް ހިފުން

  

ރ.ދުވާފަރު މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ އެގްރިގޭޓް ކ.ތިލަފުށިން ރ.ދުވާފަރަށް ގެންދިއުމަށްޓަކައި 01 މަސްދުވަހުގެ މުއްދަތަށް ދޯންޏެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 20 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ. 

19 ސެޕްޓެންބަރު 2018
ހޯދާ