އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ޔާހުންބަރާ ހަދާނީބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ

އިޢުލާން

އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ޔާހުންބަރާ ހަދާނީބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ ރަސްމީ ވަގުތުގައި ނަންބަރު 6885003 ފޯނާއި ގުޅުއްވައި ނަންނޯޓުކުރެއްވުމަށްފަހު، މަސައްކަތުގެ މައުލޫމާތު ސާފުކުރުމަށް 2018 ސެޕްޓެންބަރު 27 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 އޮކްޓޯބަރު 07 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

07 މުޙައްރަމް 1440 

17 ސެޕްޓެންބަރު 2018
ހޯދާ