ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ހަޓް ބަލަހައްޓާ ( ގއ.ކޮލަމާފުށި)

މަޤާމް :ހަޓް ބަލަހައްޓާ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                       

މަޤާމު: ހަޓް ބަލަހައްޓާ

މުސާރަ

މަހަކު -/2000 ރުފިޔާ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ގއ.ކޮލަމާފުށި

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންމެ ދުވަހަކު 2 ފަހަރު ( ހެދުނާ،ހަވީރު) ރީޓްރާންސްމީޓިންގ ހަޓްގައި ހުރި އިކްއިޕްމެންޓް ރަގަޅުތޯ ބަލާ ޗެކް ކުރުން.
  • ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގާ ފޯރމް ފުރިހަމަ ކުރުން.
  • ރަށު ޖަނަރޭޓަރުން ކަރަންޓް ބަދަލު ކުރާ ވަގުތު ތަކަށް ޙާއްސަ ސަމާލު ކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައި ވޭތޯ ބަލައި ޗެކްކޮށް އަދި އޮފްވެފައި ވާނަމަ ޓްރާންސްމީޓަރ އޮން ކުރުން އަދި އިރުއިރުކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ލަސްނުކޮށް އެންގުން.
  • ހަޓާއި ޙަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްއިޕްމަންޓެއް ފުހެ ސާފުކުރުން.
  • ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކް ކުރުން.
  • ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމްގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރިނަމަ ކަނޑާ ސާފް ކުރުން އަދި މަހަކު އެއްފަހަރު ޓަވަރުގެ ޙާލަތު ބަލާ ޗެކް ކުރުމަށް ފަހު ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯރޓް ފޮނުވުން.
  • ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުން ދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް އެންގުން އަދި ޕީ.އެސް.އެމް އިން ކަނޑައަޅާ ގޮތެއްގެ މަތިން ދަބަރުކަހާ ސާފުކޮށް އެތަންތަނުގައި ދަވާދުލާ ބެލެހެއްޓުން.

(މިކަމަށް ބޭނުންވާ ތަކެތި ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން މިކަމާ ޙަވާލުވެ ތިބޭ ފަރާތްތަކާ ގުޅާގެން ހޯދަންވާނެއެވެ).

  • ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓްގެ އެއްވެސް އިކްއިޕްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް  މައްސަލައެއް ޖެހިއްޖެނަމަ އެކަން ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން ޙަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އެންގުން.
  • ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަ ކުރެވިއްޖެ ނަމަ އެންމެ އަވަސް ފުރުސަތެއްގައި ޕީ.އެސް.އެމްގެ އިންޖިނިއަރިންގ އިން ޓްރާންސްމިޝަން އާއި ޙަވާލުވެ ތިބޭ ފަރާތްތަކަށް އެންގުން.
  • ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އެންގުން އަދި ޕީއެސް.އެމްގެ އިންޖިނިއަރިންގެ ޓްރާންސްމީޓިން ޔުނިޓަށް ރިޕޯރޓްކުރރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސިޓީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ 16:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ޓެލެވިޜަން މޯލްޑިވްސް، ބުރުޒުމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ,30003643000210 އާ ގުޅުއްވުން އެދެމެވެ.

ފެކްސް: 3317273، އީމެއިލް: [email protected]

                  07  މުޙައްރަމް  1440

17 ސެޕްޓެންބަރު 2018
ހޯދާ