އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018ގައި ގއ. ގެމަނަފުށީގައި ބަހައްޓާ 1.P03.08 ނަންބަރު ވޯޓުފޮށި އަދި ތ. ކަނޑޫދޫގައި ބަހައްޓާ 1.N03.06 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު ވުމާއި ގުޅޭ

ނަންބަރު: A)CA-2018/212)

އިޢުލާން

މި ކޮމިޝަންގެ ނަންބަރު A)CA-2018/134) އަދި A)CA-2018/145) އިޢުލާނުތަކާ ހަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:

2018 ސެޕްޓެމްބަރ 23 ވާ އަދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ގއ. ގެމަނަފުށީގައި ބަހައްޓާ 1.P03.08 ނަންބަރު ވޯޓުފޮށި އަދި ތ. ކަނޑޫދޫގައި ބަހައްޓާ 1.N03.06 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ގއ. ގެމަނަފުށި

ގެމަނަފުށީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ގެމަނަފުށީ ރައްޔިތުންނާއި ގއ. ދިޔަދޫއިން ގއ. ގެމަނަފުށްޓަށް ބަދަލުވެފައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ގއ. ގެމަނަފުށި-1

P03.08.1

1

ތ. ކަނޑޫދޫ

ކަނޑޫދޫ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ކަނޑޫދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ތ. ކަނޑޫދޫ-1

N03.06.1

2

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

06 މުޙައްރަމް 1439

16 ސެޕްޓެންބަރު 2018
ހޯދާ