މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:                ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:         211605

 ބޭނުންވާ ޢަދަދު:         1

ގިންތި:                ދާއިމީ

ރޭންކް:                އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:    ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް:             މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:      ހިއުމަން ރިސޯސް ސެކްޝަން   

ވަޒީފާ އަދާކުރަންޖެހޭ ތަން:   މިނިސްޓްރީ/މާލެ

މުސާރ:               -/6295 ރުފިޔާ

ސަރވިސް އެލަވަންސް:      -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

ޓެކްނިކަލް ކޯ އެލަވަންސް:    މުސާރައިގެ 28% (ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ހިއުމަން ރިސޯސް ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލްގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 900 ރުފިޔާ ލިބޭނެއެވެ.)

 

       މަޤާމުގެ ޝަރުތު        

1-  މަގާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަގާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތ 8 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތަކަށް ތައްޔާރުކޮށް މުވައްޒަފުންނަށް މުސާރަ ދިނުމުގެ އެންމެހާ ކަންތައްތައް ކުރުން.
  • އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި ވޭތުވެދިޔަ އަހަރަށް ޚަރަދުވީ ވަރާއި ކުރިއަށް އޮތް އަހަރަށް އަންދާޒާ ކުރެވޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ތައްޔާރު ކުރުން.
  • އެކިއެކި ޕްރޮޖެކްޓް ތަކުގެ ދަށުން މިނިސްޓްރީއަށް ލިބޭ ދިގުމުއްދަތުގެ ކޯސްތަކަށް މިނިސްޓްރީގެ ތެރޭގައި އިއުލާންކުރުމާއި އަދި މިފަދަ ކޯސްތަކާއި ބެހޭ ގޮތުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުން.
  • ބިދޭސީ މުވައްޒަފުންގެ، އެގްރިމެންޓް ހެދުމާއި، އެމީހުންގެ ވާރްކް ވިސާ ހައްދައި ޤަވައިދުން ވާރކް ޕަރމިޓް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެމީހުންގެ ޕާސްޕޯރތައް މުއްދަތު ހަމަވޭތޯބަލައި ޕާސްޕޯރޓް މުއްދަތު އިތުރުކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމާއި އެމީހުންނާ ބެހޭ އެންމެހައި މަސައްކަތްކުރުން.
  • މިމިނިސްޓްރީއަށް ލިބޭ ދިގުމުއްދަތުގެ ކޯސްތަކާއި ކުރުމުއްދަތުގެ ކޯސްތަކުގެ މަޢުލޫމާތު ޑޭޓާ ބޭސްއަށް އެންޓަރކޮށް ބެލެހެއްޓުމާއި ޑޭޓާ ބޭސް އަޕްޑޭޓް ކުރުން.
  • ކުރުމުއްދަތާއި ދިގުމުއްދަތުގެ ކޯސްތަކުގައި ރާއްޖެއިން ބޭރަށް ފުރަންޖެހޭ މުވައްޒަފުންގެ ދަތުރު ކަންތައްތަކާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  • މިނިސްޓްރީއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭ މުވައްޒަފުންގެ ބޮންޑާ ބެހޭ މަޢުލޫމާތުތައް ޑޭޓާ ބޭސްއަށް އެޅުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންވިއު އަދި ޕްރެކްޓިކަލްސް  

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު،

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6-  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

06 މުޙައްރަމް   1440

16 ސެޕްޓެންބަރު 2018
ހޯދާ