ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖުމްހޫރީ 50 ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްސް 2018

ޖުމްހޫރީ 50 ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްސް 2018

 

ޖުމްހޫރީ 50 ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްސް، 2018 އޮކްޓޯބަރު 17 ން 20 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިކްސްޑް ޓީމު އިވެންޓެއްގެ ގޮތުގައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ ޓީމު ތަކުން މުބާރާތާބެހޭ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަންޑައަޅުއްވާ އެފަރާތެއްގެ ނަމާއި ގުޅޭނެ ނަމްބަރު އެނގޭނެގޮތަށް 02 އޮކްޓޯބަރު 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އެންޓްރީ ފޯރމާއެކު ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުމަށް ދެންނެވީމެވެ.

 

އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާޢިދު: 

- އެންޓްރީ ފޯރމް އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބެން ހުންނާނެއެވެ.

އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުތާރީޙް: 

- 02 އޮކްޓޯބަރު 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް

 މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އަދި މެންދުރުފަހު 13:00 ން 16:00 ށް މި އެސޯސިއޭޝަންގެ ނަމްބަރު 3314057 ފޯނަށް ގުޅުއްވުން އެދެމެވެ.

 މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ހަފްތާގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 ސެޕްޓެމްބަރު 2018

13 ސެޕްޓެންބަރު 2018
ހޯދާ