މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުތަކަށް ފެންޖެހުމަށް ސޯލާ ޕަންޕު ހަރުކޮށްދިނުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމުގެ ސަބަބުން ރަށުގެ ފެންފަށަލައަށް ގެންލުން ލިބިފައިވާ އަދި ގެއްލުން ލިބެމުންދާ ރަށްރަށަށް އަމާޒު ކޮށްގެން، ގަސްތަކަށް ފެންޖެހުމަށް އެކަށީގެންވާ ފަދަ ދަށް ޕްރެޝަރެއްގައި ފެން ނަގައިދޭ ސޯލާ ހަކަތައިގެ އެހީގައި މަސައްކަތްކުރާ ފެންދޭ ޕަންޕު ދަނޑުތަކުގައި ހަރުކޮށް ދިނުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްޢިއްޔާތައް އަދި އަމިއްލަ ފަރުދުން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމަށް 8 އޯގަސްޓް 2018 ވަނަ ދުވަހު މި މިނިސްޓްރީން ކޮށްފައި އިއުލާނާ ގުޅިގެން ހުޅުވާލެވުނު ފުރުޞަތު 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ހަމަޔަށް ވަނީ އިތުރު ކުރެވިފައެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައި ގަންނަވާނެއެވެ.

13 ސެޕްޓެންބަރު 2018
ހޯދާ