މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފެންދޭ ނިޒާމު (ޑްރިޕް އިރިގޭޝަން ސިސްޓަމް) ޤާއިމް ކޮށްދިނުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމުގެ ސަބަބުން ރަށުގެ ފެން ފަށަލައަށް ގެންލުން ލިބިފައިވާ އަދި ގެއްލުން ލިބެމުންދާ ރަށްރަށަށް އަމާޒު ކޮށްގެން، ފެން އިސްރާފުވުން ކުޑަ ޑްރިޕް އިރިގޭޝަން ނިޒާމުތަކެއް ދަނޑުވެރިންގެ ދަނޑުތަކުގައި ޤާއިމް ކޮށްދިނުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްޢިއްޔާތައް އަދި އަމިއްލަ ފަރުދުން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުމަށް 8 އޯގަސްޓް 2018 ވަނަ ދުވަހު މި މިނިސްޓްރީން ކޮށްފައި އިއުލާނާ ގުޅިގެން ހުޅުވާ ލެވުނު ފުރުޞަތު 30 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމަޔަށް ވަނީ އިތުރު ކުރެވިފަ އެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައި ގަންނަވާނެ އެވެ. 

10 ސެޕްޓެންބަރު 2018
ހޯދާ