މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ގދ.ތިނަދޫގައި 2017 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ގުޅޭ

            ގދ.ތިނަދޫގައި 2017 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުން މިހިނގާ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ގދ.ތިނަދޫ މީޑިއާ ސެންޓަރ (ޕީއެސްއެމް އޮފީސް) ގައި އޮންނާނެއެވެ.

ތާރީޚް

ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑި

16 ސެޕްޓެމްބަރ 2018 (އާދީއްތަ)

 

08:00 ން 12:00 އަށް

14:30 ން 16:30 އަށް

           އަދި ދަންނަވަމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް ޒަކާތް ދޫކުރެވޭނީ އައި.ޑީ ކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ އަސްލު ގެނައުމުންނެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތަކީ ޒަކާތުގެ ޙައްޤުވެރިޔާ ފޮނުއްވި ފަރާތެއްކަމަށް ބަލައި އެފަރާތާއި ޒަކާތުގެ ފައިސާ ޙަވާލުކުރެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގެންނަވާ ނަމަ، އެފަރާތަށް ޒަކާތް ދޫކުރެވޭނީ ޒަކާތުގެ ޙައްޤުވެރިޔާގެ އިސްވެ ދެންނެވުނު ލިޔުންތަކުން ލިޔުމެއް ގެންނެވުމުންނެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑްގެ އަސްލު ގެންނެވުމުން ކަމުގައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

 ނޯޓް: ނަމާދު ވަގުތަށް ބަންގި ގޮވާ ވަގުތުން ފެށިގެން 15 މިނެޓަށް ފައިސާ ދޫކުރުން މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ.

30 ޛުލްޙިއްޖާ  1439

10 ސެޕްޓެންބަރު 2018
ހޯދާ