ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

                                                                                                            ނަންބަރ: (IUL)242/242/2018/30

އިޢުލާން

 

            މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ2018 ވާ ބުރާސްފަތި ދުވަހުގެ4:00 1 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމު ނަންބަރ:

J-242453

ބޭނުންވާ އަދަދު:

01

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

މުސާރަ:

5610.00 ރުފިޔާ

ސަޕޯޓިންގ ކޯއެލަވަންސް:

700.00 ރުފިޔާ

ސެކްޝަން

އެޑްމިން އެންޑް އެޗްއާރ

އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  ގދ. ތިނަދޫ

މަޤާމުގެ ޝަރުތު:

1-      މާޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

2-      މަޤާމްގެ ދާއިރާ: އިންފޮމޭޝަން ޓެކްނޮލެޖީ

3-      ތަޢުލީމީ ރޮގުން އިންފޮމޭޝަން ޓެކްނޮލެޖީ އަދި ކޮމްޕިއުޓަރ ސައިންސް

 

މަޤާމުގެ މަސްއޫލިއްޔަތު

  1. އޮފީހުން ހިންގާ ކަންތައްތަކަށް އައި.ޓީ އަދި ކޮމިއުނިކޭޝަން ޓެކްނޮލެޖީގެ ސަޕޯޓް ދިނުން.
  2. އޮފީހުން ހޯދަން ބޭނުންވާ އައިޓީ އާއިބެހޭ ތަކެތި ހޯދުމަށް ދޭންޖެހޭސަޕޯޓް ދިނުން.
  3. އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ގެންނަ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އައިޓީ އިކުއިޕްމަންޓް އިންސްޓޯލްކޮށް ބެލެހެއްޓުން.
  4. އައި.ސީ.ޓީގެ ދާއިރާއިން ފޯކަލްޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުން.
  5. އޮފީހުގެ ވެބްސައިޓް އަޕްޑޭޓްކުރަމުން ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  6.  އޮފީހުގައި ބޭނުންކުރާ ސަރވަރތައް (ޑޮމެއިން ކޮންޓްރޯލަރ ޑީ.އެން.އެސް / ޑީ.އެޗް.ސީ.ޕީ / މެއިލްސަރވަރ)ސެޓަޕް ހެދުމާއި ބެލެހެއްޓުން.
  7. އޮފީހުގައި ބޭނުންކުރާ އެޕްލިކޭޝަންތައް އިންސްޓޯލްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. އޮފީހުގެ ނެޓްވޯކްތެރޭ ހިމެނޭ ސިސްޓަމްތަކުގައިވާ ޑޭޓާ އާއި މަޢުލޫމާތުގެ ބެކަޕް ނެގުމާއެކު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  9. އޮފީހުގެ މެޝިނަރީސް އަދި އިކުއިޕްމަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  10. އޮފީހުގެ ސެކިއުރިޓީ ކެމެރާ ސިސްޓަމްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  11. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  • މަސައްކަތާއިގުޅޭ ދާއިރާއިން ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމުގެ މަސައްކަތައް ބޭނުންވާ ހުނަރާއި ފެންވަރު

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 10 ދުވަސް ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް 20 ސެޕްޓެމްބަރ2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް އެދެމެވެ.

 

އުޖޫރައާއި އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް ސިވިލްސާރވިސް މުވައްޒަފުންނަން ދެވޭ އިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ )

3- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

6- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު

މިއުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ.

         

26 ޛުލްހިއްޖާ 1439

06 ސެޕްޓެމްބަރ 2018

 

 

 

 

                                                          މުޙައްމަދު ނާސިޙް ރަޝީދު

                                                   ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް

09 ސެޕްޓެންބަރު 2018
ހޯދާ