ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބީ.ޑަބުލިޔު.އެފް ލެވެލް 1 ބެޑްމިންޓަން ކޯޗިންގ ކޯސް

                             ނަންބަރު: BAM/IUL/2018/43

 

އިޢުލާން

 

ބީ.ޑަބުލިޔު.އެފް ލެވެލް 1 ބެޑްމިންޓަން ކޯޗިންގ ކޯސް

 

ބެޑްމިންޓަން އޭޝިޔާ އާއި މި އެސޯސިއޭޝަން ގުޅިގެން 2018 އޮކްޓޯބަރު 02 ން 08 ށް، ހދ. ކުޅުދުއްފުށީގައި ބީ.ޑަބުލިޔު.އެފް ލެވެލް 1 ބެޑްމިންޓަން ކޯޗިންގ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ސެޕްޓެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، މި އެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ. ކޯހަށް މީހުން ނެގުމުގައި ބަލާނީ ބެޑްމިންޓަންގެ ތަޖުރިބާހުރި އަދި ކުޅިވަރުގެ ރޮނގުން ޚިދުމަތް ކުރަމުންދާ ފަރާތްތަކަށެވެ. މީގެއިތުރުން އަތޮޅުތެރެއިން ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

 

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 ށް، މި އެސޯސިއޭޝަންގެ ފޯން ނަމްބަރު (3314057) ށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

08 ސެޕްޓެމްބަރު 2018

 

 

 

 

 

08 ސެޕްޓެންބަރު 2018
ހޯދާ