މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްއަށް އޯވަރރޯލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްއަށް އޯވަރރޯލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަށް މިކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް 1151 އޯވަރރޯލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2018 ސެޕްޓެންބަރު 13 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ. މިކަމާބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނަގަން ހާޒިރުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ނަގަން ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2018 އޮކްޓޫބަރު 1 ވާ ހޯމަދުވަހުގެ ހެދުނު 11:45 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 އޮކްޓޫބަރު 1 ވާ ހޯމަދުވަހުގެހެދުނު 11:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

06 ސެޕްޓެންބަރު 2018
ހޯދާ