މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމްއިއްޔާތަކަށް އެހީގެ ފައިސާ ދިނުން

`

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

  މާލެ، ދިވެހިރާއްޖެ.                                         

 

 

 

                                                  ނަންބަރު: (IUL)10-K/10/2018/94    

އިޢުލާން

 

ޖަމްޢިއްޔާތަކަށްއެހީގެގޮތުގައިފައިސާދިނުން

ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކޮށް، ޖަމްޢިއްޔާތަކުގެ ތަރައްޤީއަށާއި ޖަމްޢިއްޔާތަކުން ހިންގާ މަސައްކަތްތަކަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ.

ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް ފައިސާގެ އެހީ ދޫކުރުމުގެގޮތުން، އެކުލަވާލެވިފައިވާ އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް (http://homeaffairs.gov.mv) ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އެހީގެ ގޮތުގައި ފައިސާ ދިނުމަށް މިއަހަރު ހަމަޖެހިފައިވާ ތީމްއަކީ "ޖަމްޢިއްޔާތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ހިންގޭ ޙަރަކާތްތަކަށް މަގު ތަނަވަސްކުރުމަށް، ދާއިމީ އިންތިޒާމް ހަމަޖެއްސުން" މި އެވެ. މިގޮތުން، ޖަމްޢިއްޔާތަކުން ޕްރޮޕޯޒަލް ހުށަހަޅަންވާނީ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ހ) އަދި (ށ) އާ އެއްގޮތްވާގޮތުގެ މަތީން އުފެއްދުންތެރިކަން އިތުރުކުރުމާއި އާމްދަނީ އިތުރުކުރުރުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކަށެވެ. ޖަމްޢިއްޔާތަކުން ފައިސާގެ އެހީއަށް އެދި ހުށަހަޅާ ހުށެހެޅުމުގައި ހިމަނަންޖެހޭ މަޢުލޫމާތު އަދި ޕްރޮޕޯޒަލްތަކަށް މާރކްސް ދީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި ބަޔާން ކޮށްފައި އެވަނީއެވެ. 

ޕްރޮޕޯޒަލް ތަކަށް މާރކްސް ދީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް

 

 

މިންގަނޑު

މާރކްސް

ހ-

އެހީ އިން ކުރާކަމެއްގެ މަޤްޞަދު / ބޭނުން އަދި އެހީ ބޭނުންކޮށްގެން ކުރާ ކަމަކުން ލިބޭނެ ކަމަށް ބެލެވޭ ނަތީޖާ

30

ށ-

އެހީ ބޭނުންކޮށްގެން ކުރާކަމެއްގެ ދެމެހެއްޓެނިވިކަން

25

ނ-

އެހީ ލިބިގެން ހިންގާ/ކުރާ ކަމަކަށް ކުލަބު/ޖަމްޢިއްޔާއިން ކުރާނެ ޙިއްޞާގެ މިންވަރު

25

ރ-

އެހީ އިން ކުރާކަމަކާއި ސަރުކާރުގެ ސިޔާސަތާ ހުރި ގުޅުން

20

ޖުމުލަ

 

100

 

 

 

 

 

ވީމާ، އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ޖަމްޢިއްޔާތަކުން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 13 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

16 ޛުލްޙިއްޖާ  1439  

27 އޮގަސްޓް   2018

 

 

27 އޮގަސްޓް 2018
ހޯދާ