ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
2 ފައިލިންގ ސިސްޓަމް ހޯދުން

 އިޢުލާނު

2 ފައިލިންގ ސިސްޓަމް ހޯދުން

މިއޮފީހަށް 4 ބައިގެ ޑަބަލް ބޭ ފައިލިންގ ސިސްޓަމްގެ 2 ފައިލިންގ ސިސްޓަމް ހޯދައި ރާވައި، ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 12 އޮގަސްޓު 2018 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-FA(B)/1/2018/39)  އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.  

 ވީމާ، މި 2 ފައިލިންގ ސިސްޓަމް މިއޮފީހަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 އޮގަސްޓު 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2018 ސެޕްޓެންބަރު 4 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 16 ޛުލްޙިއްޖާ 1439

 

 

27 އޮގަސްޓް 2018
ހޯދާ