ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމާބެހޭ

ނަންބަރ: (IUL)GS-01/2018/24

އިޢުލާން

ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމާބެހޭ

ބ. އަތޮޅުތަޢުލީމީ މަރުކަޒުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ޔުނީފޯމް ތައްޔާރުކޮށް ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހު މެންދުރުކުރި 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު

ސާފުކުރެއްވުމަށްފަހު 16 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ

ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ

ހޯދުމަށް މިފަދަމަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ގަވައިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު

ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

-         އެކަށީގެންވާ ފަރާތެއް ހޮވުމަށް ޕޮއިންޓްދޭނީ ތިރީގައި އެވާ އުސޫލުންނެވެ.

  • އަގަށް %80
  • ތަޖުރިބާއަށް %20

 

             27  އޮގަސްޓް  2018 

27 އޮގަސްޓް 2018
ހޯދާ