އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓު ފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން (ރާއްޖެއިންބޭރު)

ނަންބަރު: A)CA-2018/204)

އިޢުލާން

ވޯޓު ފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން

މިކޮމިޝަނުގެ ނަންބަރު A)CA-2018/162) އިޢުލާނާ ހަވާލާދީ ދަންނަވެމެވެ.

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިންބޭރުގައި ވޯޓުފޮށި ބަހަށްޓާނެކަމަށް އިޢުލާނުކޮށްފައިވާ 7 ތަނުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާފައިވާ ޢަދަދަށް (މަދުވެގެން 200 މީހުން) ރަޖިސްޓަރީކޮށްފައި ނުވާ މިދަންނަވާ 2 ތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފީމެވެ.

އަދި އެ ވޯޓުފޮށިތަކަށް ރީ-ރަޖިސްޓަރީ ވެފައިވާ މީހުން އެމީހަކު ރަޖިސްޓަރީ ވެފައިވާތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ބޭނުންވާނަމަ، 2018 އޮގަސްޓް 27 އިން 2018 އޮގަސްޓް 29 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 އަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ރީ-ރަޖިސްޓަރީ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގައެވެ. އަދި ރާއްޖެއިންބޭރުގައިނަމަ ރީ-ރަޖިސްޓަރީ ފޯމު ބަލައިގަންނާނީ އެޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ އެމީހަކު ރަށްވެހިވެފައިވާ ރަށުގައެވެ.

ވޯޓުފޮށި ބަހައްޓާ ޤައުމު/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

,Embassy of Maldives,
B-2,Anand Niketam
New Delhi 110 021, India.

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

އިންޑިއާ / ނިއުދިއްލީ - 1

W01.1.2

1

Concorde Hotel, Studio 3,
100 Orchard Road,
Singapore 238840.

މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ.

ސިންގަޕޫރު - 1

W05.1.1

2

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

14 ޛުލްޙިއްޖާ 1438

25 އޮގަސްޓް 2018
ހޯދާ