އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބް 2018 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމަށް އިއުލާން ކުރުން

ނަންބަރު:A)CB-2018/200)

އިޢުލާން

2018 ސެޕްޓެމްބަރ 23 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ، ގުނާ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ރިޔާސީ އިންތިޚާބުގެ ގަވާއިދު 2018/R-71 ގެ 24 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.

މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކަށް 2018 އޯގަސްޓް 22 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އާއި ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ރިޔާސީ އިންތިޚާބުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ރިޔާސީ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޙަވާލުވެގެން ހުރި މީހަކު ކަމުގައި ނުވުން.
  4. ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ  މެންބަރެއް/ ވެރިއެއް ކަމުގައިނުވުން.
  5. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.
  6. ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓު ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އިޢުލާނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނަށެވެ. ހުށަހަޅާ ފޯމުގެ ޢަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

މި ސިޓީއާއެކު ކެންޑިޑޭޓު ޢައްޔަންކުރާ މަންދޫބުންގެ ފުރިހަމަ ނަން (ދިވެހި އަދި އިނގިރޭސި) ބަހުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު،  މިހާރު ދިރިއުޅޭ ފުރިހަމަ އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު އެނގޭނޭހެން ލިސްޓެއް ތައްޔާރުކުރައްވާ ލިސްޓްގެ އަސްލާއެކު ސޮފްޓް ކޮޕީ (ސީޑީ) ގައި ހުށަހަޅުއްވަންވާނެއެވެ. އަދި މި ލިސްޓާއެކު ކެންޑިޑޭޓު ކަނޑައަޅުއްވާ މަންދޫބުންގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ ޖޭޕީއީޖީ ފޯމެޓުގައި ފޮނުވަންވާނެއެވެ.  އެއްވެސް ފޯމެއްގައި ފުރިހަމަ ކުރައްވަންޖެހޭ މައުލޫމާތެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެއްވެސް ލިޔެކިއުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ. މިގޮތުން މިކޮމިޝަނުން ބާޠިލްކުރާ ފޯމު، އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން، ފުރިހަމަ ކުރުމަށްފަހު އަލުން ކޮމިޝަނަށް ހުށަހެޅިދާނެއެވެ.

މި އިންތިޚާބަށް މަންދޫބުންގެ ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެކާޑަކަށް ނެގުމަށްފަހުއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            08 ޒުލްޙިއްޖާ 1439  

19 އޮގަސްޓް 2018
ހޯދާ