މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
1. ހއ.އުލިގަމުގެ ކަސްޓަމްސް އޮފީސް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ހއ.އުލިގަމު ކަސްޓަމްސް އޮފީސް ޢިމާރާތުގައި ނުނިމިހުރި މަސައްކަތް

  1. ހއ.އުލިގަމުގެ ކަސްޓަމްސް އޮފީސް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01-04, GC01-03, GC01-02, GC01-01 އަދި GC01-05  ގްރޭޑްތަކުގެ ފަރާތްތަކަށެވެ.
  3. ބީލަން ފޮތް ލިބެންހުންނާނީ 16 އޯގަސްޓް 2018 ން 23 އޯގަސްޓް 2018  ގެ ނިޔަލަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގެ ކޭޝް ކައުންޓަރުންނެވެ. ބީލަން ފޮތެއްގެ އަގަކީ 200/- (ދުއިސައްތަ) ރުފިޔާއެވެ.
  4. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހި، ނުދައްކާހުރި ފަރާތްތަކުން މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
  5. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓްގެ އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  6. މިޕްރޮޖެކްޓުގެ ޕްރީބިޑް މީޓިންގ އޮންނާނީ ހއ.އުލިގަން ކަސްޓަމްސް އޮފީސް ޢިމާރާތް ކުރާ ސައިޓުގައި 26 އޯގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މި 1 މީޓިންގގައިވެސް ބައިވެރިވާ ފަރާތްތަކަށެވެ.
  7. ޕްރީ ބިޑު މީޓިންގ ތަކަށް ހާޒިރުވުމުގެ ޓްރާންސްޕޯޓުގެ ޚަރަދު ހަމަޖައްސަންވާނީ ބީލަމަށް ހާޒިރުވާ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ.
  8. އަންދާސީ ހިސާބު ހުށަހަޅުއްވާނީ 04 ސެޕްޓެމްބަރ 2018 ވާ އަންގާރ ދުވަހުގެ 14:00 އަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީހުގައެވެ.

 

 

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3334238 /7778650

ޢީމެއިލް: [email protected]

ކޮޕީ: [email protected]

 

05 ޒުލްހައްޖާ 1439 

16 އޮގަސްޓް 2018 

 

 

16 އޮގަސްޓް 2018
ހޯދާ