ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕްރެންޓިސްޝިޕް

އެޕްރެންޓިސްޝިޕްގެ ފުރުޞަތު

މިކުންފުނީގެ މަސައްކަތްތަކާއި ގުޅޭ މިދަންނަވާ ދާއިރާތަކުން އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  • މެކޭނިކަލް އިންޖިނިއަރިންގ
  • އިލެކްޓްރޯނިކްސް އިންޖިނިއަރިންގ
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • މެކަޓްރޯނިކްސް އިންޖިނިއަރިންގ

ފެންވަރު ނުވަތަ ޝަރުޠު:   

  • ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛
  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން މަދުވެގެން 3 (ތިނެއް) މާއްދާއިން (ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީ ހިމަނައިގެން) ދައްވެގެން "ސީީ" ފާސް ލިބިފައިވުން.
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސި މާއްދާއިން ދައްވެގެން "ސީީ" ފާސް ލިބިފައިވުން. ނުވަތަ؛
  • TOEFL  އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

         މިއެޕްރެންޓިސްޝިޕް ފުރުސަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްރެންޓިސްޝިޕަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ވަނަވަރާއި، ތައުލީމީ ސެޓްފިކެޓްތަކާއި އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީ.ކާޑުގެ ކޮޕީ އެޕްރެންޓިސްޝިޕަށް އެދޭ ފޯމާއިއެކު މިކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ[email protected]  އަށް 13 ސެޕްޓެންބަރު 2018 ގެ 14.30 ކުރިން ހުށަހެޅުއްވުން އެދެމެވެ.

05 ޛުލްޙިއްޖާ 1439

16 އޮގަސްޓު 2018

16 އޮގަސްޓް 2018
ހޯދާ