ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
އިމްތިހާނުކުރާނެ މީހުން (އެސަސަރުން) ބޭނުންވެއްޖެ

ޓިވެޓް އޮތޯރިޓީގެ ފަރާތުން ފަރުމާކޮށްފައިވާ ތަފާތު ދާއިރާތަކުގެ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ބައިވެރިން އިމްތިހާނުކުރާނެ މީހުން (އެސެސަރުން) ބޭނުންވެއްޖެ.

 

ދާއިރާތައް:                  - އިލެކްޓްރީޝަން

                        - ރެފްރިޖޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް

                        - ފޮޓޯގްރަފީ

                        - މެރިން މެކޭނިކް

                        - ސްކޫލް ލެބޯޓްރީ އެސިސްޓެންޓް

                        - ފާމަސީ އެސިސްޓެންޓް

މުސާރަ:

ޓިވެޓް އޮތޯރިޓީއިން ކަނޑައެޅިފައިވާ ގޮތުގެ މަތިން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ހަވާލުކުރެވޭ ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިން އިމްތިހާނުކުރުން (އެސެސްކުރުން)

ސުވާލުކަރުދާސް ތައްޔާރުކުރުން

ސުވާލުކަރުދާސް މާކްކުރުން

އިމްތިހާނު (އެސެސްމެންޓް) ރިޕޯޓް ތައްޔާރުކުރުން

މަޤާމުގެ ޝަރުޠުތައް:

ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަސައްކަތު ތަޖުރިބާހުރުން.  

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ އިމްތިހާނު ކުރަން (އެސަސަރުކަމަށް) އެދޭ ފޯމު (މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. އިމްތިހާނު ކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރަން އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

       (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

       (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

      (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

      (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

އިމްތިހާނު ކުރާ މީހަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ސެޕްޓެމްބަރ 2018 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ޓިވެޓް އޮތޯރިޓީއަށެވެ. އިމްތިހާނު ކުރާ މީހަކަށް އެދޭ ފޯމްއާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެސަސަރކަމަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341478 އަށެވެ  އީ-މެއިލް ކުރާނީ [email protected] އަށެވެ.

15 އޮގަސްޓް 2018
ހޯދާ