ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރަކު ބޭނުންވެއްޖެ

ވަޒީފާގެފުރުޞަތު

މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން) ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ ގރ. 1

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

-/4350

މަސައްކަތް ކުރަންޖެހޭތަން:

ފައިނޭންސް / އެސްޓީއޯ ހެޑް އޮފީސް

އެހެނިހެންއިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި 1350.00ރ އާއި 2500.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްގެމަސްއޫލިއްޔަތު

  • ރަނިންގ ބިލްސް ކްލިއަރ ކުރުން
  • އިންވޮއިސިންގ، ޑެބިޓް ނޯޓް އަދި ކެރެޑިޓް ނޯޓް މަސައްކަތް ކުރުން
  • ސްކީމް ގްރޫޕް ކީ ޗެކްކުރުން
  • ކްސްޓަމަރުން އަތުން ލިބެން ޖެހޭފައިސާ ހޯދުމުގެ މަސައްކަތް ކުރުން

ފެންވަރުނުވަތަޝަރުތު

  •  ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން "ސ" އަށްވުރެ މަތިން ފާސްވެފައިވުން، އޭލެވެލް ނުވަތަ ބިޒްނަސް ދާއިރާ އަކުން ޑިޕްލޮމާ އެއް ފުރިހަމަކޮއްފައިވުން.
  • ކޮމިއުނިކޭޝަންސް ސްކިލް، އެނެލެޓިކަލް ސްކިލް އަދި ކަންކަން ހިންގާ ރޭވުމުގެ ޤާބިލްކަން ހުރުން
  • މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން.

އެހެނިހެންހުނަރު

  • މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާލިބިފައިވާ  އަދި ގިނަވަގުތު މަސައްކަތުގައި ހޭދަކުރވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

13 އޯގަސްޓް 2018

 

13 އޮގަސްޓް 2018
ހޯދާ