ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފުރުޞަތު: އޯގަސްޓް 2018 (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުން)

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފުރުޞަތު: އޯގަސްޓް 2018(މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުން)

100 ފުރުޞަތު

ލޯނުގެ އަދަދު:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 7 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް

ފެންވަރު:

"މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އުޞޫލު  އޯގަސްޓް 2018"  ގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް

ދާއިރާ:

ލޯނު އެހީ ދިނުމުގެ ޝަރުތުތަށް "މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ އުޞޫލު އޯގަސްޓް 2018 (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް)" ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ.

ޝަރުތުތައް:

ލޯނަށް އެދި ހުށަހަޅާނީ  https://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ.

ލޯނަށް އެދި ފޯމު ހަށަހަޅާނެ ގޮތް:

6 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި:

- ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

- ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާއި އުޞޫލުގެ ޖަދުވަލްތައް 13 އޯގަސްޓް 2018 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެންހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުޞޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

-  ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދޭ ތަރުތީބު މި ލޯން ސްކީމްގެ އުޞޫލުގެ ޖަދުވަލު

   3A 3B 3C 3D ގައި ބަޔާންކޮށްފައިވާނެއެވެ.

- ލޯނަށް އެދި ހުށައަޅާ ދަރިވަރުންނަށް ޕޮއިންޓް ދިނުމުގައި ބޭނުންކުރާ މިންގަނޑު މި ލޯނު ސްކީމްގެ އުޞޫލުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާނެއެވެ.

- ލޯނަށްއެދި ހުށައަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ.

- ވަކި އޮފީހަކަށް ކަނޑައެޅިފައިވާ ފުރުޞަތުތަކަށް އެއޮފީހުގެ މުއައްޒަފުން އެދިވަޑައިގެންފިނަމަ އެމުއައްޒަފުން ހޮވުމަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-  ލޯނަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކަކީ ވެލިޑޭޓް ކޮށްފައިވާ އަދި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭނެއެވެ.

- ވެލިޑޭޓްކުރުމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ސެޓްފިކެޓްގެ ފެންވަރުބަލައި ތައްގަނޑުޖެހުމެވެ.

- ސެޓްފިކެޓްގައި އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖެހުމަކީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއެއްގޮތަކަމަށް ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ލޯ ފާމަކުން ތައްގަނޑުޖެހުމެވެ.

- އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ލިޔުމުގައި ތައްގަނޑުޖެހި ލޯ ފާރމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، އަދި ތާރީޚް އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ލިޔުންތައްވެސް ހުންނަންވާނީ މިފަދައިންނެވެ.

- އަސްލާއިއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ އަދި ސެޓްފިކެޓްގެ  ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން ހުށައަޅަންވާނެއެވެ. އަދި  އެސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓްވެސް ހުށަހަޅަންވާނެއެވެ.

-  ދެ ފުށުގައި ލިޔެފައިވާ ސެޓްފިކެޓް ނަމަ، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

- ލޯނަށް ހޮވުމުން ޕޯޓަލްއަށް އަޕްލޯޑްކުރި ސެޓްފިކެޓްތަކުގެ އެޓެސްޓަޑް/ވެލިޑޭޓް އަސްލުތައް މިޑިޕާޓްމަންޓަށް ހުށަހަޅަން ދެންނެވުމުން ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅުއްވުން އެދެމެވެ.

ވެލިޑޭޓްކުރުމާއި އަސްލާއިއެއްގޮތްކަމަށް ތައްގަނޑުޖެހުން:

-  މި އިޢުލާނާއިއެކު ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:

  -  ލޯނަށް އެދި ހުށައަޅާ ފޯމް.

  - މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ އުޞޫލު އޯގަސްޓް 2018 (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުން) އާއި އެ އުޞޫލުގެ ޖަދުވަލުތައް.

އެހެނިހެން:

މި ސްކީމުގެ ދަށުން ލޯނުއެހީ ގެ އުޞޫލު ދޫކުރުމަށް ކަނޑައެޅިފައިވާ  "މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ އުޞޫލު އޯގަސްޓް 2018 (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުން)" އާއި އުޞޫލުގެ ހުރިހާ ޖަދުވަލުތަކަކީ މި އިޢުލާނުގެ ބައެކެވެ.

  އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  33412903341376 3341326 3341381 3341327 3341309 ފޯން ނަމްބަރަށެވެ.

13 އޮގަސްޓް 2018
ހޯދާ