މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ވިޓަމިން އޭ، ފަނީ ބޭސް އަދި އަޔަން ފޮލިކް އެސިޑް ސަޕްލިމެންޓޭޝަން ޕްރޮގްރާމް ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ވިޓަމިން އޭ، ފަނީ ބޭސް އަދި އަޔަން ފޮލިކް އެސިޑް ސަޕްލިމެންޓޭޝަން ޕްރޮގްރާމް ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަންބަރ: (IUL)23-AP/23/2018/175 06 އޮގަސްޓް 2018 އިއުލާންއާއި ގުޅިގެން މައުލޫމާތު ސާފުކުރަން އެއްވެސް ފަރާތެއް ވަޑައިގެންފައިނުވާތީ ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހު ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

01 ޒުލްހިއްޖާ 1439

12 އޮގަސްޓް 2018
ހޯދާ