އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
5 ވަނަ ފަންގިފިލާގެ ރިސެޕްޝަން އޭރިއާ އާއި ކޮންފަރެންސް ހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

  ނަންބަރ:A)DC-2018/195)

އިޢުލާނު

5 ވަނަ ފަންގިފިލާގެ ރިސެޕްޝަން އޭރިއާ އާއި ކޮންފަރެންސް ހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

1. ކޮމިޝަނުގެ ނަންބަރ: 124/A)DC-2018) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ފުރިހަމަނުވާތީ އެ ބީލަން ބާޠިލްކޮށް، މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގެ ރިސެޕްޝަން އޭރިއާ އާއި ކޮންފަރެންސް ހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ ޢަދަދު

38/2018/W-005

5 ވަނަ ފަންގިފިލާގެ ރިސެޕްޝަން އޭރިއާ އާއި ކޮންފަރެންސް ހޯލް މަރާމާތުކުރުން

 -/10,000 ރުފިޔާ

2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2018 އޮގަސްޓް 19 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

3. ބީލަން ހުޅުވުން އޮންނާނީ 2018 އޮގަސްޓް 27 ވާ ހޯމަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

27 ޛުލްޤައިދާ 1439

09 އޮގަސްޓް 2018
ހޯދާ