މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސޮފްޓްވެއަރ އިންޖިނިއަރެއް ހޯދުމަށް

މިނިސްޓްރީއިން ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ރަށްތަކުންނާއި ފަރުދީ ފެންވަރުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ތަފާސް ހިސާބު ނެގުމަށް ބޭނުވާ ސޮފްޓްވެއަރއެއް ހެދުމަށްޓަކައި އެޓޭޗްކުރެވިފައިވާ ޓީ.އޯ.އާރުގައި ތަފްސީލްދެވިފައިވާ ގޮތަށް ސޮފްޓްވެއަރ އިންޖިނިއަރެއް  ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ  (IUL)30-C/30/2018/103  އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންފައި ނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 އޯގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް  މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2018 އޯގަސްޓް 30 ވާ ބުރާސްފަތި  ދުވަހުގެ 13:00 އަށް އަގާއި ޓީ.އޯ.އާރުގައި ބަޔާންކޮށްފައިވާ ލިޔުންތައް  ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 50 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 50)
  • މުއްދަތު 20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި އަގު × 20)
  • ތަޖުރިބާއަށް 30 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339226، 3339209 އަދި 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

09 އޮގަސްޓް 2018
ހޯދާ