އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ފަރާތުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓު ހެދުމަށް ބޭނުންވާ ސަރަހައްދުގެ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަން

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް

            މާލެ،

         ދިވެހިރާއްޖެ.

 

 

 

ނަންބަރު:IAS/MIS/2018-1805

           ޢިއުލާން

 

 

 ރ.ފައިނު ގައި މި ކުންފުނީގެ ފަރާތުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އެއަރޕޯރޓު ހެދުމަށް ބޭނުންވާ ސަރަހައްދުގެ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން  15 އޯގަސްޓު 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 27 އޯގަސްޓު 2018  ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.

 

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

09 އޮގަސްޓް 2018
ހޯދާ