މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ހެލްތު ސާރވެއިލެންސް އެންޑް އިމިއުނައިޒޭޝަން ވޯރކްޝޮޕަށް ބޭނުންވާ ހޯލް ކުއްޔަށްހިފުމާއި ކޭޓަރިންގގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 02 ސެޕްޓެމްބަރ 2018 އިން 06 ސެޕްޓެމްބަރ 2018 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕަބްލިކް ހެލްތު ސާރވައިލެންސް އެންޑް އިމިއުނައިޒޭޝަން ވޯރކްޝޮޕަށް ބޭނުންވާ ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: IUL)23-AP/23/2018/172) އޮގަސްޓް 05 2018 އިއުލާންއާއި ގުޅިގެން ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮގަސްޓް 2018 ވާ ހޯމަ ދުވަހު މެންދުރު 12:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 ޛުލްޤައިދާ 1439

 

 

09 އޮގަސްޓް 2018
ހޯދާ