މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުތަކަށް ފެންޖެހުމަށް ސޯލާ ޕަންޕު ހަރުކޮށްދިނުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމުގެ ސަބަބުން ރަށުގެ ފެންފަށަލައަށް ގެންލުން ލިބިފައިވާ އަދި ގެއްލުން ލިބެމުންދާ ރަށްރަށަށް އަމާޒުކޮށްގެން، ގަސްތަކަށް ފެންޖެހުމަށް އެކަށީގެންވާފަދަ ދަށް ޕްރެޝަރެއްގައި ފެންނަގައިދޭ ސޯލާ ހަކަތައިގެ އެހީގައި މަސައްކަތްކުރާ ފެންދޭ ޕަންޕު ދަނޑުތަކުގައި ހަރުކޮށްދިނުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްއިއްޔާތައް އަދި އަމިއްލަ ފަރުދުން 14 އޮގަސްޓު 2018 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިއިއުލާނާއި އެކު ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

 

07 އޮގަސްޓް 2018
ހޯދާ