ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ( މުއްދަތު އިތުރު ކުރެވިފަ)

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް

 

        ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް މި އަހަރު ފެށުމަށް ހަމަޖެހިފައި ވަނީ 12 ޞަފަރު 1440 (21 އޮކްޓޯބަރ 2018) ވަނަ ދުވަހު މާލޭގައެވެ.މިއަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިދަންނަވާ ގޮތަށެވެ.      

  1. 1.      މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:

       

  މި މުބާރާތް ހުޅުވާލައިފާ ވަނީ އަތޮޅު ކައުންސިލްތަކަށާއި،މަތީ ތަޢުލީމުދޭ މުއައްސަސާތަކަށާއި، ސިޓީ ކައުންސިލްތަކަށާއި،އިސްލާމްދީނަށް ޚިދުމަތް ކުރުން އެ ފަރާތެއްގެ މަޤްސަދް ތަކުގެތެރޭގައި ހިމެނޭ ޖަމްޢިއްޔާތަކަށާއި،ކުންފުނިތަކަށާއި،ކްލަބްތަކަށާއި ޖަމާޢަތް ތަކަށެވެ.

 

  1. 1.      މުބާރާތުގެ ބައިތައް :

 

  1. 1.      ފޮތުން ކިޔެވުމުގެ ބައި
  2. 2.      ހިތުން ކިޔެވުމުގެ ބައި
  3. 2.      މުބާރާތުގެ ބައިތައް

    މި މުބާރާތުގައި ހިމެނެނީ ދެ ބަޔެކެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި  ހިތުން ކިޔެވުމުގެ ބަޔެވެ. މިއިން ކޮންމެ ބަޔެއް  ބެހިފައިވަނީ ތިން ގޮތްޕަށެވެ. މި ގޮފިތަކަކީ

 

ފޮތުން ކިޔެވުމުގެ ބައި

ހިތުން ކިޔެވުމުގެ ބައި

ވިދިވިދިގެން 10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 5 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

މުޅި ޤުރްއާން

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  20 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

 

 

  1. 3.      މުބާރާތުގައި ބައިވެރިވުން

-          މި މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، މަތީތަޢުލިމީ މުއައްސަސާ ތަކާއި،   ކުލަބުޖަމްޢިއްޔާތަކާއި، ކުންފުނިތަކުން މި މުބާރާތުގައި ތަމްސީލު ކުރުމަށް ހުށައަޅާ ކެންޑިޑޭޓުންނަށެވެ.

-          މުބާރާތުގައި ބައިވެރިވުމަށް ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމާއި ލިސްޓު ފުރިހަމަ ކުރުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް 30 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ކުރިން މަރްކަޒަށް ހުށައަޅަން ވާނެއެވެ.

-          މުބާރާތުގެ ފޯމާއި ލިސްޓު މަރުކަޒުގެ ރިސެޕްޝަން އަދި މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުނަނާނެއެވެ.

 

  1. 4.      މުބާރާތުގައި ބައިވެރިކުރެވޭނެ ޢަދަދު :

 

-        މި މުބާރާތުގެ ދެ ބައިގެ ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރި ކުރެވޭނީ ގިނަވެގެން 2 ކެންޑިޑޭޓުންނެވެ.

-          ކޮންމެ ކެންޑިޑޭޓަކަށް ވެސް  ބައިވެރިވެވޭނީ މުބާރާތުގެ ކޮންމެވެސް  އެއް ގޮތްޕެއްގައެވެ.

-          އެއްފަރާތަކުން އެންމެ ގިނަވެގެން ބައިވެރި ކުރެވޭނީ 12 ކެންޑިޑޭޓުންނަށްށެވެ.

ނޯޓް: މި ޢަދަދަށްވުރެ މަދުން މުބާރާތުގައި ބައިވެރިކުރެވިދާނެއެވެ.

 

  1. 5.      މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

ދިވެހި ރައްޔިތެއްކަމުގައިވުން.

ޢުމުރުން 16 އަހަރު ފުރިފައިވާ ފަރާތެއްކަމުގައިވުން.

             ވީމާ، މިކަން ޢާންމުކޮށް އިޢްލާން ކުރީމެވެ.

05 އޮގަސްޓް 2018
ހޯދާ