ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއޭޖެންސީގެ ދަށުން ޏ. ފުވައްމުލަކުގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ކްލައިންޓުންނަށް 2 އަހަރު ދުވަހުގެ މުއްދަތައް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                                                ނަމްބަރު: IUL)434-PRC/434/2018/82) 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

           މިއޭޖެންސީގެ ދަށުން ޏ. ފުވައްމުލަކުގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ކްލައިންޓުންނަށް 2 އަހަރު ދުވަހުގެ މުއްދަތައް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)434-PRC/434/2018/71) (ތާރީޙް: 19 ޖުލައި 2018) އިޢުލާނަށް އަންދާސީ ހުށަހެޅުއްވުމަށް 3 ފަރާތުން ވަޑައިގަންފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިދަންނަވާ ދުވަސްތަކުގައި ޏ.ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

06 އޯގަސްޓް 2018

ހޯމަ

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

09 އޯގަސްޓް 2018

ބުރާސްފަތި

11:00 (މެންދުރުކުރި)

 

 

01 އޮގަސްޓް 2018
ހޯދާ