އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަދަލުކުރުން

އިޢުލާން

 މި ކޮމިޝަނުގެ ނަންބަރު (A)CA-2013/741 (15 ޑިސެންބަރު 2013) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.                                                                                                                                

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަދަލުކުރުން

 2014  ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ހދ. ނޮޅިވަރަންފަރުގައި ބަހައްޓާ 1 ނަންބަރު ވޯޓުފޮއްޓާއި 2 ނަންބަރު ވޯޓުފޮށީގެ ވޯޓުލާ ސަރަހައްދަށް ވަނީ މިދަންވާ ބަދަލު ގެނެވިފައެވެ. އެހެންކަމުން، މިދެންނެވި 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.  

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު 

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

  

#

ހދ. ނޮޅިވަރަމު

ނޮޅިވަރަންފަރު ސުކޫލުގެ

3 ކުލާސްރޫމު ހިމެނޭ

ޢިމާރާތުގެ   ހުޅަނގުކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ  ނޮޅިވަރަންފަރު  ޗާންދަނީމަގުގެ   ދެކުނުފަރާތު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ   މީހުންނެވެ.

ހދ. ނޮޅިވަރަންފަރު-1

B02.05.1

1

ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސުކޫލުގެ

3   ކުލާސްރޫމު ހިމެނޭ

ޢިމާރާތުގެ އިރުމަތީ ކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ ނޮޅިވަރަންފަރު  ޗާންދަނީމަގުގެ   އުތުރުފަރާތު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި   ނޮޅިވަރަންފަރުގެ ދަފުތަރުގައިވާ (ހދ. ކުނބުރުދޫ،  މާވައިދޫ، ފަރިދޫ އިން ނޮޅިވަރަންފަރަށް ބަދަލުވި) މީހުންނާއި، ނޮޅިވަރަންފަރުގައި   ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ހދ. ނޮޅިވަރަންފަރު-2

B02.05.2

2

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

19  ޞަފަރު   1435

22 ޑިސެންބަރު 2013
ހޯދާ