މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

                                          

 

ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

 

 

 

މި ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2018/6  (16 ޖުލައި 2018) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 2018 އޮގަސްޓު 15 އިން ފެށިގެން 1 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 02 އޮގަސްޓް 2018 ވާ (ބުރާސްފަތި) ދުވަހުގެ 14:00 އަށް ކޮމިޝަނަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި ފުރިމަނުވާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ  ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް 1 އަހަރު ދުވަހަށް މެޑިކަލް އިންޝިއުރެންސްގެ  ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު:

ކޮމިޝަން މެމްބަރުންގެ އަދަދު: 7

ޑިޕެންޑެންޓުންގެ އަދަދު: 13

 

 ޕްރޮޕޯސަލްގައި ހިމަނަންޖެހޭ

1. ކުންފުނީގެ ޕްރޮފައިލް:

2. އިންޝުއަރެންސް ކަވަރކުރާ އޮތޯރައިޒްސްޑް މެޑިކަލް ސެންޓަރުތަކުގެ މައުލޫމާތު:

  ހ. ދިވެހިރާއްޖޭގެ

  ށ. ބައިނަލްއަޤުވާމީ

 

3. ބެނިފިޓްސް: 

     ބެނިފިޓްސް  ތަކުގެ ތަފްސީލް، ފޯރުކޮށް ދެވެންއޮތް އެންމެ ފުޅާމިނަކަށް ( ހޮސްޕިޓަލް ބެނިފިޓްސް، ސަރޖިކަލް ބެނިފިޓްސް، އައުޓް ޕޭޝަންޓް ބެނިފިޓްސް )

  ހ. އެޔަރ ފެޔަރ

  ށ. މެޑިކަލް ޗެކްއަޕް  ( އަހަރަކަށް  މެޑިކަލް ޗެކްއަޕްސް ކުރެވޭނެ އަދަދާއި އަދި ދިވެހިރުފިޔާ އިން މެޑިކަލް ޗެކްއަޕްސްގެ އަގު އެނގޭނެހެން )

 

4. އެކްސްކުލޫޝަންސް:

5. ކްލެއިމް ޕްރޮސީޖަރ:

    ކްލެއިމް ކުރުމުގެ ޕްރޮސީޖަރގެ ތަފްސީލް (ފައިސާނުލާ)

 

6. ކްލެއިމް ކުރުމަށް ބޭނުންވާ ލިޔެކިއުންތަށް:

     ވަކިވަކިން ތަފްސީލްކޮށް ކްލެއިމް ކުރުމަށް ބޭނުންވާ ލިޔެކިއުންތަށް ބަޔާންކުރުން.

 

7. ޖިއޮގްރެފިކަލް ލިމިޓޭޝަންސް:

     އިންޝުއަރެންސް ކަވަރ ކުރެވޭ ގައުމުތަކުގެ ނަމާއި ކުރެވޭނެ ސިއްހީ ޚިދުމަތްތަކުގެ ތަފްސީލް.

8. ކޯ-އިންޝުއަރެންސް:

    ކޯ-އިންޝުއަރެންސް ކުރެވޭނެތޯ؟

9. އިތުރު އެހެނިހެން ބެނިފިޓްސްތަށް:

10. ޕްރިމިއަމް ޕަރ ޕާރސަން:

 

ޕްއިންޓްސް ދެވޭނެ އުސޫލު

1. ބެނިފިޓްސް (އެޔަރފެޔަރ / މެޑިކަލް ޗެކްއަޕްސް އަދި އަގު)

2. ކްލެއިމް ޕްރޮސީޖަރ

3. ޖިއޮގްރެފިކަލް ލިމިޓޭޝަންސް

4. އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ތަޖުރިބާ

 

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި ފުރިމަނުވާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

                               11 ޛުލްޤައިދާ  1439  

                               24  ޖުލައި   2018  

24 ޖުލައި 2018
ހޯދާ