މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

 

                               

                                        އިޢުލާން ނަންބަރު: IUL)MMPRC-HR/1/2018/37) 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އޮފީސް އެސިސްޓެންޓް

މުސާރަ (މަހަކު) : 3,870 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: 2,580  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އެޗްއާރ އެންޑް އެޑްމިން

 ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. އަސާސީ ތަޢުލީމު ހާސިލްކޮށްފައިވުން
  2. ޑްރައިވިން ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހިންގުންތެރި، ހީވާގި، މަސައްކަތަށް ފަރުވާތެރި މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕޮރޭޝަނަށް ކޮންމެ ދުވަހަކު ފޮނުވާ  ސިޓީ، ފައިސާ އަދި އެހެނިހެން ލިޔެކިޔުންތައް ހަވާލު ކުރާ އުޞޫލަކުން ބެހުން.
  2. މިކޯޕަރޭޝަނަށް ޕޯސްޓުން ނުވަތަ އެހެން ވެސް ގޮތްގޮތުން އަންނަ/ލިބޭ ޑޮކިމެންޓްސް އަދި ޕާރސަލް ފަދަތެކެތި މުއްދަތު ހަމަވުމުގެ ކުރިން ނަގައި އޮފީހަށް ގެނައުން.
  3. މި ކޯޕަރޭޝަނުގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް، މެޓީރިއަލްސް ސްޓޮކް ބަލަހަށްޓަވާ މުވައްޒަފަކު އަންގަވާގޮތެއްގެ މަތިން އޮފީހަށް ގެނައުމާއި ހަވާލުކުރުން.
  4. ރަސްމީ އަދި ބަންދު ދުވަސްތަކުގައި މިކޯޕަރޭޝަން ހުޅުވަންޖެހިއްގެ ހިދެއްގައި އޮފީސް ހުޅުވުން.
  5. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

 

 ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:29 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް

 

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ނުވަތަ ގުޅޭނެ ނަންބަރު

 

 

އިތުރު މަޢްލޫމާތު:

  • މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                                 19 ޖުލައި 2018

 

19 ޖުލައި 2018
ހޯދާ