ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު

 

މަޤާމް:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަމްބަރ:               J‐ 132791

ބޭނުންވާ އަދަދު:               2

މަޤާމްގެ ގިންތި:               ދާއިމީ

މަޤާމްގެ ރޭންކް:               ޖީ.އެސް.3

މަޤާމްގެ ކްލެސިފިކޭޝަން:         އޮފިސަރ ގްރޭޑް: 1  

ވަޒީފާ އަދާކުރަންޖެހޭ ތަން:          ލަންދޫ ސްކޫލް / ނ.ލަންދޫ

މުސާރަ:                      -/4,465 ރ.

ސަރވިސް އެލަވަންސް:            -/1500ރ

ސަޕޯޓިންގ ކޯ އެލަވަންސް:          -/700 ރ

 

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މުވައްޒަފުންގެ މުސާރައާއިގުޅޭ އެންމެހާކަންތައްތަކާއި ރިޕޯޓްތައް ތައްޔާރުކުރުމާއި ކަމާގުޅޭ އެންމެހާ  ކަންތައްތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.
  2. ތިޖޫރިއަށް ފައިސާ ލުމާއި ނެގުމާއި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުމާއިބޭހޭ އެންމެހާކަންތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.
  3. ފައިސާއާއި ގުޅޭ އެންމެހާރިޕޯޓު ތައްޔާރުކުރުމާއިގުޅޭ އެންމެހާކަންތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.
  4. ބެންކުން ފައިސާ ނެގުމާއި ޖަމާކުރުމާއި ޓްރާންސްފަރ ކުރުމާއި،  ހަވާލުކުރުމާއި، ފައިސާ ބަލައިގަތުމާއިބޭހޭ އެންމެހާކަންތައް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.
  5. މުސާރަފައިސާއާއި ޚަރަދު ފައިސާގެ އައިޓަމްބާކީ ތައްޔާރުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ޒިންމާދާރުކަންމަތީ ކުރުމާއިއެކު ރިކޯޑް ބެލެހެއްޓުން.
  6. ސްކޫލަކީ ދަރިވަރުން ތަމުރީނުކުރާތަނަކަށްވާތީ ސްކޫލުގައިމަސައްކަތްކުރާ މީހުންނަކީ ދަރިވަރުންނަށް ނަމޫނާބަޔަކަށްވާންޖެހޭތީ، އެޑްމިން އޮފިސަރުންނަކީވެސް  އަޚުލާޤުރަގަނޅު،އެމީހުންނާއިމެދު މުޖުތަމަޢުގެ އިތުބާރު ނުގެއްލޭމީހެއްގެ ގޮތުގަ ދެމިހުރުން.
  7. ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޙަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  8. ސްކޫލަކީ ސާފުޠާހިރު ހުރިހާގޮތަކުންވެސް ދަރިވަރުންނަށް ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ލިބިގެންވާ އުގެނުމުގެ މާހައުލެއް ޤާއިމުކުރެވިފައިވާ  ތަނެއްގެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  9. މަސަތްކަތުމައިދާނުގައި ކުރިމަތިވާ ހުރަސްތައް ސްކޫލަށްއަންގައި މަސަތްކަތައް ބޭނުންވާ ވަސީލަތްތައް ހޯދައި ތައްޔަރުކޮށް ވަސީލަތްތައް މުއްސަނދިކުރުން.
  10. ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުންހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
  11. ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހައްޤުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއްކަމުގައިހެދުމަށް މަސައްކަތްކުރުން.
  12. ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން ސްކޫލުންކަނޑައާފައިހުންނަ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ހަވާލުކޮށްފައިހުންނަ މަސައްކަތްތައްކޮށް ކަނޑައަޅާފައިހުންނަ ސުންސިކުންތައް ނިންމުން.
  13. އަމިއްލަސާފުޠާހިރުކަމައި ހެދުންއެޅުމުގައި ދިވެހިސިވިލް ސަރވީސްގެ މިންގަނޑު ހިފެހެއްޓުން.
  14. މިނިސްޓްރީ އޮފް އެޑިޔުކޭސަނުގެ ތަޢުލީމީ ސިޔާސަތުތައް ދެމެހެއްޓުމަށް ސްކޫލުން ކުރާކަންކަމުގަ އެހީތެރިކަން ފޯރުކޮށްދިނުން.
  15. ހާލަތާއި ވަގުތު ތަންދޭގޮތުން އިސްވެރިޔާ (މަސައްކަތުގެމާހައުލާއި ގުޅޭގޮތުން) ހަވާލުކުރާއެންމެހާކަންކަން ޒިންމާދާރުކަންމަތީކޮށް ރިކޯޑްބެލެހެއްޓުން.
  16. މަތީގައިދެންނެވިފައިވާ ކަންތަކާއިގުޅޭ ރިކޯޑްބެލެހެއްޓުމަށް (ސޮފްޓް އަދި ހާޑް ކޮޕީ އެކުލެވޭ) ފައިލިންސިސްޓަމެއްއެކުލަވާލުން.

މަޤާމުގެ ޝަރުޠުތައް:         

ސާނަވީނުވަތައެއާއިއެއްފެންވަރުގެ އިމްތިހާނަކުން ދެމާއްދާއަކުންދައްވެގެން " ޑީ " ގުރޭޑް ލިބިފައިވުމާއިއެކު ، އޭގެއިތުރުން "ސެކަންޑަރީސްކޫލު" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލު' ސެޓުފިކެޓްއިމްތިހާނުގައި (ދިވެހި) މިމާއްދާއިން ދައްވެދެން " ސީ " ގުރޭޑް ލިބިފައިވުން.

ދާއިރާތައް:

އެޑްމިނިސްޓްރޭޝަން،

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލްސަރވީސްގެ ވަޒީފާއަށްއެދޭފޯމު (މިފޯމް ސިވިލްސަރވީސް ކޮމިޝަނުގެ ވެބުސައިޓު (www.csc.gov.mv) އިންނާއި  މިސްކޫލުގެ ވެބުސައިޓު (www.landhooschool.com) އިން ޑައުންލޯޑްކޮށްގެނާއި މިސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓުފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްކޮޕީ.   
  3. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއަށްސަސާއެއްގައި ނުވަތަ ސަރުކާރު ހިތްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެމުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސްޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާޤަވާޢިދުތަކާއި ޢުސޫލުތަކާއިއެއްގޮތަށް މީހަކުހޮވުމަށް ބަލާނެކަންތައްތައް މިސްކޫލުގެވެބުސައިޓުން ލިބެންހުނަނާނެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31/7/2018 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން، ލަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: ([email protected])  މެދުވެރިކޮށްވެސް އަދި ފެކްސް: (6560617)  މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެކުރިން ސަރުކާރު އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  (31/7/2018 )  އާއި (7/8/2018)   އާ ދެމެދު، (ލަންދޫސްކޫލް މީޓިންގރޫމް) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:      

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6560576) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (6560617) އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

1439  K  06

19      ޖުލައި    2018

19 ޖުލައި 2018
ހޯދާ