ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ދިވެހިރާއްޖޭގެ ހައިކޯޓު

      މާލެ،

     ދިވެހިރާއްޖެ.

 

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 15/(IUL)95-A/1/2018

ތާރީޚް: 19 ޖުލައި 2018

މަޤާމް:       

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ކޯޓް / ސެކްޝަން

ހައިކޯޓު / ރިސެޕްޝަން

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް                

1500/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

ޖުޑީޝަލް އެލަވަންސް  )މުސާރައިގެ %45 )

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1-    މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ލިބިފައިވުން، ނުވަތަ

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒިފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS-2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ރަސްމީގަޑީގައި އޮފީހުގެ ރިސެޕްޝަން ބެލެހެއްޓުން.
  2. ރިސެޕްޝަންގައި ބެހެއްޓިފައިވާ 3325029 އަށާއި 3007175 ނަންބަރު ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި އެފޯންކޯލެއް ރައްދުވާ ފަރާތަކަށް ގުޅައިދިނުން.

3. ރިސެޕްޝަނުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ހިތްހެޔޮކަމާއި، މަޑުމައިތިރި ކަމާއިއެކު ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުން.

4. އޮފީހަށް ލިބޭ ތަކެތި ފަރުވާތެރި ކަމާއިއެކު ބަލައިގަތުން.

5. ކޮންމެދުވަހަކުވެސް އީ ގަވަރންމަންޓް މެއިލް ޗެކްކޮށް ސިޓީއެއް ނުވަތަ އެހެންވެސް ލިޔުމެއް ލިބިފައިވޭތޯ ބެލުމަށްފަހު ލިބިފައިވާ ތަކެތި ކަމާގުޅޭ ސެކްޝަނަށް ޙަވާލްކުރުން.  

6. އޮފީހަށް އެދުވަހަކުލިބޭ ހުރިހާ ޑޮކިޔުމަންޓް ތަކުގައި އެންޓްރީ ތައްގަނޑު ޖެހުމާއި، އެތައްގަނޑު ގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު ވެރިއަކުލައްވާ ސޮއިކުރުވައި ކަމާގުޅޭ ސެކްޝަނާއި ޙަވާލްކުރުން.

7. ކުށުގެ ރެކޯރޑް ސާފުކުރުމަށް ގެންނަ ފޯމްތައް އެންޓަރކޮށް ސީ.އާ.ރު.އޭ ސެކްޝަނާއި ޙަވާލްކުރުމަށްފަހު، ފޯމްތައް ނިމުމުން ފޯމްތައް ދޫކުރުން.

8. ޝަރީޢަތަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފޯމްތައް ދޫކުރުމާއި، ފޯމްތައް ބަލައިގަތުން.

9. ޝަރީޢަތަށް މައްސަލަހުށަހަޅާ ފަރާތުން އެމައްސަލައެއް ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ ރަޖިސްޓްރޭޝަންފީ އަދި ޑިޕޮސިޓް ފައިސާ ދައްކަން އަންނަ މީހުންގެ ކަންކަން ހަމަޖެއްސުމަށް ބަޖެޓް ސެކްޝަނާއި ގުޅިގެން މަސައްކަތްކުރުން.

  1. ޝަރީޢަތުގެ މައްސަލަތަކުގެ ބަޔާނުގައި ސޮއިކުރައްވާ ބޭފުޅުންނާއި އަދި ޝަރީޢަތުގެ މަޖީލަށް ޙާޟިރުކުރެވޭ (ބަންދުމީހުންނާއި، ޖަލުންގެނެވޭ މީހުންނާއި އެނޫންވެސް މައްސަލަތަކަށް އަންނަ) މީހުން ގެނެވުމުން އެމައްސަލައަކާގުޅޭ ސެކްޝަނަކަށް އަންގައި އެފަރާތްތަކާ ކަމާބެހޭ ސެކްޝަންތަކާ ގުޅުވައި ދިނުން

 

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

 

1. ވަޒީފާއަށް އެދި ހުށަހަޅާފޯމް.

2.ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)

  1. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

  1. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)

7.ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.

8. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޟިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުންހުށަހަޅާކަށް ނުޖެހޭނެއެވެ).

9.ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މިވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

 

ޕޮއިންޓް ދެވޭ ގޮތް

-         ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-         ލިބިފައިވާ ތަޖުރިބާ

-         މަސައްކަތަށް ބޭނުންވާ ހުނަރު

-         ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

24 ޖުލައި 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

19 ޖުލައި 2018
ހޯދާ