ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓް މަޤާމަށް މުވައްޒަފަކު ހޯދުމަށް

ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

 

މަޤާމު

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

 

މަޤާމުގެ ނަންބަރު

J-296395

 

ބޭނުންވާ ޢަދަދު

1 (އެކެއް)

 

މަޤާމުގެ ގިންތި

ދާއިމީ

 

މަޤާމުގެ ރޭންކް

އެމް.އެސް 1

 

މަޤާމުގެ ކްލިސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ޑިވިޜަން/ސެކްޝަން

އެޑްމިނިސްޓްރޭޓިވް ޔުނިޓް

 

މަޤާމްއޮތް އޮފީސް

ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒު

 

ވަޒީފާއަދާކުރަންޖެހޭތަން

ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒު

 

މުސާރަ

 5610.00 ރުފިޔާ

 

ސާރވިސްއެލަވަންސް

 2500.00 ރުފިޔާ

 

އިތުރު  އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތީން މަސައްކަތު ނުކުންނަކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1- އޯޕީޑީ އާއި  އައި ޕީ ޑީއަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި،އެހެންމުވައްސަސާތައް މެދުވެރިވެގެންއަންނަ ސާމްޕަލްތައް އައިޑެންޓިފިކޭޝަންތައް ޗެކްކުރުމަށްފަހު ބަލައިގަތުން

2ކުރަންޖެހޭ ތަޙުލީލުތަކުގައި ލަފާހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ ބަލިމީހާއަށް އެންމެފުރިހަމައަށް ޚިދުމަތްފޯރުކޮށްދީ ބަލިމީހާއަށްބޭނުންވާ މައުލޫމާތު ސާފުކޮށްދިނުން

3- ޑިއުޓީތަކުގައި ކުރަންޖެހޭ ޓެސްޓްތައް ސްޓޭންޑަޑް ޕްރޮސީޖާރ އާއި އެއްގޮތަށް ޕްރޮސެސްކުރުމާއި،ޓެސްޓްތައް ފުރިހަމަކުރުމާއެކު ރިޕޯޓްތައް ގަޑިއަށް ތައްޔާރުކުރުން

4- ރަޖިސްޓީތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށްލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި،ޓެސްޓް ނަތީޖާއާއި،ބެހޭގޮތުންއުފެދޭ ސުވާލުތަކަށް ޖަވާބުދިނުން

5- ޚާއްޞަލެބޯޓްރީ ޓެސްޓްތައްކުރުމާއި،ކުރެވޭޓެސްޓްތައް އިތުރަށްފުރިހަމަކުރުމަށްމަސައްކަތްކުރުން

6- ލެބޯޓްރީގައި ކުރެވޭ ޓެސްޓްތަކުގެކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި،ރެކޯޑްތައް ބެލެހެއްޓުމާއެކު ޖޫނިއަރ މުވައްޒަފުންނަށްކަމުގެ ހުނަރު ދަސްކޮށްދިނުން

7- މަޤާމުގެ ގޮތުން ދަށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސްޕަވައިޒްކުރުން

8- ލެބޯޓްރީގައިކުރާ ޓެސްޓްތައްކުރުމަށް ބޭނުންކުރެވޭ ކޮންސިއުމަބަލްސް ރިއޭޖެންޓްސްއާއި،ކެމިކަލްގެ ސްޓޮކްބެލެހެއްޓުމާއިއެކު އެއްވެސް އެއްޗެއް ހުސްވުމުގެކުރިންނާއި،އެކްސްޕަޔާ ވުމުގެކުރިން ދުވަސްއޮއްވާ އެކަން އިސްފަރާތަކަށްއެންގުން( ނޯޓް: ސެންޓްރަލް މެޑިކަލްސަޕްލައިސްއަށް އޯޑަރުކޮށް ތަކެތި ހޯދުން)

9- ލެބޯޓްރިގެ މަސައްކަތްކުރާ މާހައުލު އެކުވެރިކޮށް ބޭއްވުމއެކު ލެބޯޓްރީ ސާފުތާހިރުކޮށް ބޭއްވުމަށް މުވައްޒަފުންނަށް އަންގާ ބެލެހެއްޓުން

10-  ލެބޯޓްރީގައި ބެހެއްޓިފައިވާ މެޝިންތަކާއި،އިކްއިޕްމަންޓްތައް ދެއިލީ މެއިންޓަނަންސް ހެއްދުމާއި،ހަފުތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓަނަންސް ހެދިތޯބަލާ އޭގެރެކޯޑްތައް ބެލެހެއްޓުމާއި،މިއިން އެއްޗަކަށްގެއްލުމެއްވެފައިވާނަމަ އިސްފަރާތަކަށް އެންގުމާއެކު މިނިސްޓްރީއޮފް ހެލްތްގެ ބައޮމެޑިކަލް އަދި ލެބޯޓްރީ ސަރވިސަސް އަށް އެންގުން

11-ބަލަދުވެރިޔާ ނުވަތަ އެހެނިހެން ފަރާތްތަކުން/ ލެބޯޓްރީއާމެދު ބަލިމީހުންކުރާ ޝަކުވާބަލާ ހައްލުކުރެވޭނަމަ ހައްލުކޮށް އެކަން އިސްފަރާތަކަށް އެންގުން

12- ލެބޯޓްރީ އެސިސްޓެންޓުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓް ޓްރޭނިންނަށް ދާއިރާޔާގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދީ ސްޕަވައިޒުކޮށް ބެލެހެއްޓުން

13-މިނިސްޓްރީ އޮފް ހެލްތް/ފެކަލްޓީއޮފް ހެލްތްސައިންސަސް އިން ފޮނުވާ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީންތައް ރާވާ ހިންގުމާއި،ފޮނުވާ މުވައްޒަފުންނަށް ދާއިރާއާގުޅޭ ތަމްރީން ދިނުން.

 

 

މަޤާމްގެ ޝަރުޠުތައް

 

1-މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށްއެދެންވީގޮތާއި،ސުންގަޑި

ވަޒީފާއަށް އެދޭފޯމް ނ.ކެނދިކުޅުދޫ ސިއްހީމރުކަޒުން ލިބެންހުންނާނެއެވެ.މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 31 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒަށެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 31 ޖުލައި 2018 އާއި 09 އޯގަސްޓް 2018 އާދެމެދު ނ.ކެނދިކުޅުދޫ ސިއްހީމަރުކަޒުގައެވެ. މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

 

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.

 

 

 

 

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

 

 

%30 (ތިރީސް އިންސައްތަ)

 

އިތުރުމަޢުލޫމާތު

މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560092 ނަންބަރު ފޯނާއެވެ. 

 

18 ޖުލައި 2018
ހޯދާ