Ministry of Education
Maldives
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާނު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މަޤާމް:

J-241784

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

4465.0/-

މުސާރަ:

1500.0/-

ސަރވިސް އެލެވަންސް:

ސަޕޯޓިންގް ކޯ އެލަވަންސް ގެ ގޮތުގައި 700/-

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

    1. ފައިނޭންސް
    2. އެކައުންޓިންގ

 

އެހެނިހެން އެލަވަންސް:

 

 

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

    1. ފައިނޭންސް ޑިވިޜަނަށް ލިބޭ ލިޔުންތައް ބަލައިގަތުމާއި ކަމާބެހޭ މުވައްޒަފުންނަށް އެލިޔުންތައް ދުވަހުން ދުވަހަށް ޙަވާލުކުރުމުގެ މަސައްކަތް ކުރުން.
    2. ފައިނޭންސް ޑިވިޜަންގެ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ލިޔުމުން އެންގުމުގެ މަސައްކަތް ކުރުން.
    3. މުވައްޒަފުންނާއި ގުޅޭ އެންމެހާ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
    4. ޑިވިޜަންގެ މުވައްޒަފުންނަށް މަސައްކަތުގެ ހުނަރާއި ޤާބިލުކަން ހޯދުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލާ ޑިވިޜަންގެ ވެރިޔާގެ މަޝްވަރާގެ މަތީން  ޓްރޭނިންގ ދިނުމަށްޓަކާ ހިޔުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅުން.
    5. ޑިވިޜަންގެ މުވައްޒަފުންގެ އިތުރުގަޑީގެ ޚާޟިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުކޮށް އެރިޕޯޓް ހިޔުމަންރިސޯސް  ޑިވިޜަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
    6. ޑިވިޜަންގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ޔައުމިއްޔާ ލިޔުމާއި، އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
    7. ޑިވިޜަންގެ ގުދަން ކުރަންޖެހޭ ލިޔުންތައް ރަގަޅަށް ބެލެހެއްޓުމާއި އެލިޔުންތަކާއި ބެހޭ ރެކޯޑް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި، އަދި އެލިޔުންތައް ރައްކާކުރެވޭ ގުދަނުގެ ހުރިހާ ކަމެއް ކުރުން.
    8. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެންނެވުންތަކުގައިވާ މުހިންމު މަޢުލޫމާތާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސާރކިޔުލަރތަކާއި، މުދަލާއި ފައިސާއާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި، މިނިސްޓްރީން ތައްޔާރުކުރާ މުހިންމު މަޢުލޫމާތުތަށް މުވައްޒަފުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
    9. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ނިމޭއަހަރުގެ މަޢުލޫމާތު ހިގާއަހަރުގެ ޖެނުއަރީ 5 ގެ ކުރީން ފޮނުވުމުގެ މަސައްކަތް ކުރުން.
    10. ޢާމްދަނީ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ދުވަހުން ދުވަހަށް ލިބޭފައިސާގެ ރެކޯޑް ދުވަހު ފޮތުގައި ލިޔެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ޖަމާކުރުމާއި، އެކައުންޓާއި ބެހޭ އެންމެހާ ކަންކަން ކުރުމާއި، ހިސާބުތައް ބާކީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
    11. ޕެޓީކޭޝްގެ ގޮތުގައި ހުންނަ ފައިސާ އިން ޚަރަދުކުރުމަށް ރިކްއެސްޓް ލިބުމުން ޚަރަދު ކުރުމާއި، ބާކީ ބެލެހެއްޓުމާއި، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕޭޓީކޭސްއަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ ކަންކަން މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމާއި، މިކަމާގުޅޭ އެންމެހާ ކަންކަން ކުރުން.
    12. މިނިސްޓްރީގެ ބޭނުމަށް ނެގޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެގުމާއި ޙަވާލު ކުރުވުމުގެ ކަންކަން ކުރުން.
    13. މިނިސްޓްރީން ވިއްކާ ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކުރާ ފޯމްތައް ވިއްކުމުގެ އެންމެހާ ކަންކަން ކުރުން.
    14. އާމްދަނީ ފައިސާއާއި، ވަގުތީގޮތުން ބަހައްޓާފައިސާއާއި، ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން ތިޖޫރީގައި ބަހައްޓާ ފައިސާ ބާކީކޮށް ތަފުޞީލް ބެލެހެއްޓުމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހަފްތާއަކު 1 ފަހަރު ފޮނުވަންޖެހޭ ތިޖޫރީގައި ބަހައްޓާ ފައިސާގެ ރިޕޯޓް ނިމުނު ހަފުތާގެ ރިޕޯޓް ހިގާހަފުތާގެ ފުރަތަމަ ދުވަހު ޤަވައިދުން ފޮނުވުމުގެ މަސައްކަތް  ކުރުން.
    15. މިނިސްޓްރީގެ މުދަލާއި، ފައިސާގެ ހިސާބުތައް އޯޑިޓް ކުރަންޖެހޭ ފަރާތްތަކުން އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.
    16. މިނޫނަސް އޮފީހުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށްކޮށް ނިންމުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   

މަޤާމުގެ ޝަރުޠުތައް:

    1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
    5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
    2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
    3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖުލައި 2018 ގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ.މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341298 ފޯނަށް ގުޅުއްވުން އެދެމެވެ.

 

18 July 2018
ހޯދާ