ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ ގްރެފިކްސް

މަޤާމް :އެސިސްޓެންޓް މެނޭޖަރ ގްރެފިކްސް
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު                

މަޤާމް

އެސިސްޓެންޓް މެނޭޖަރ ގްރެފިކްސް

އަސާސީ މުސާރަ

މަހަކު -/10000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ 1

ބޭނުންވާ ޢަދަދު

1

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޓީވީ ޕްރޮގްރާމްސް / ގްރެފިކްސް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް ކުންފުނީގެ އުސޫލުތަކުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • އަންޑަރގްރޭޖްއޭޓް ޑިގުރީއެއް އޮތުމާއެކު ދާއިރާގެ މަޤާމެއްގައި 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިގެ 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އާޚިޔާލުތައް ޖެނެރޭޓްކުރުމާއި އިނޮވޭޓިވްގޮތްތައް ޑިޒައިންކުރުމަށާއި އެނިމޭޓްކުރުމަށް ބޭނުންކުރަންއެންގުން.
  • ހަވާލުކުރެވ މަސައްކަތާއި ގުޅޭގޮތުން ޕްރޮޑިއުސަރު ނުވަތ ޑައިރެކްޓަރާއ ވާހަކަދައްކައި މަސައްކަތް ނިންމާނެގޮތުގެ ޓައިމްލައިނެއް ކަނޑައެޅުން.
  • ޑިޒައިން އަދި އެނިމޭޝަންތައް ހަދާއިރުސްކެޗްތައް / ސްޓޯރީ ބޯޑްސް ތައްޔާރުކުރުމަށްފަހު، މަސައްކަތާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށ އައިޑިޔާ ފައިނަލްކުރުން. 
  • ޕްރޮފެޝަނަލްކޮށް ގްރެފިކްސްޑިޒައިންކުރަންއެގުން (ގްރެފިކްސްއިން ހަދަންޖެހޭ ލޯގޯ،ޕޯސްޓަރ، ބިލްބޯޑް، ފޮތް ފަދަ ތަކެތި ޑިޒައިން ކުރުން).
  • ޕްރޮފެޝަނަލްކޮށް ޓޫޑީ، ތްރީޑީ އަދި މޯޝަން ގްރެފިކްސްހަދަންއެގުން (ޕްރޮގްރާމްސް، ނިވްސް އަދި އެހެނިހެންކަންކަމަށް ބޭނުންވާ އެނިމޭޝަންތަށްހެދުން).
  • ޓޫޑީ،ތްރީޑީ،މޯޝަން ގްރެފިކްސް އަދި ގްރެފިކްސް ޑިޒައިންކުރަން ބޭނުންކުރާ އިންޑަސްޓްރީ ސްޓޭންޑަރޑްގެ ސޮފްޓްވެޔާސްތައް ފަސޭހަ ކަމާއެކު ޕްރޮފެޝަނަލްކޮށް ބޭނުން ކުރުން
  • ލައިވް / ރެކޯޑްކުރާ ޕްރޮގްރާމްސް އަދި ލައިވް އިވެންޓްގައި ކެލިގްރާފަރ / ޓައިޓްލްއޮޕަރޭޓަރ / ޖީ - ޗެނަލް އޮޕަރޭޓްކުރުން.
  • ޓީވީގެއޮންއެއަރ ގްރެފިކްސްއަށް ބޭނުންވާ ގްރެފިކްސް އަޕްޑޭޓްކޮށް އެތަކެތި ބެލެހެއްޓުން.
  • ކުންފުނީގެ ޗެނަލްތަކުން ކުރާހުރިހާލައިވްތަކަށް ބޭނުންވާ ގްރެފިކްސް ފާހަގަކޮށް އެގްރެފިކްސްތައް ޑިޒައިނަރުން ލައްވާ ތައްޔާރުކޮށް، ލައިވް ޕްރޮގްރާމްސް އަދި ލައިވް އިވެންޓްގައި ބޭނުންވާގޮތައް ޑިޒައިނަރެއްލައްވައި ލައިވްގައި ސްކްރީނަށް އެރުވުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
  • ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2018 ޖުލައި 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

                        04 ޒުލްޤައިދަ 1439

17 ޖުލައި 2018
ހޯދާ