ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރިންގ ޓެކްނީޝަން

މަޤާމް :އެސިސްޓެންޓް އިންޖިނިއަރިންގ ޓެކްނީޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                            

މަޤާމް

އެސިސްޓެންޓް އިންޖިނިއަރިންގ ޓެކްނީޝަން

އަސާސީ މުސާރަ

މަހަކު-/5000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ 9

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރުބަލާ އިތުރު އަހަރަކަށް ކޮންޓްރެކެޓް އާކޮށް ކުންފުނީގެ އުސޫލުތަކުގެ މަތިން ދާއިމީ ކުރެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޝޫޓިންގތަކަށް އަދި ލައިވްތަކަށް އިކްއިޕްމަންޓްސް ދޫކުރުން
  • ޔުނިޓުން ދޫކުރާ ކޮންސިއުމަބަލް އައިޓަމްސް (ލައިޓް ޓިއުބް، އަލްކަލއިން ބެޓެރި ފަދަތަކެތި) ހަމައަށް ހުރިތޯބަލާ ހުސްވެފައިވާނަމަ ސްޓޮކާއި ހަވާލުވެހުރި ފަރާތާގުޅިގެން އެ ތަކެތި ހަމަކުރުން.
  • ސްޓޭޝަނުން ޓްރާންސްމީޓަރ ހުރިހާ މީޑިއަމްއެއްގެ އޯފް އެއަރ މޮނިޓަރކުރުން.
  • ޓީވީ އިންޖިނިއަރިންގ ގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފެސިލިޓީ އެއްގެ ތަޅުދަނޑި މެނޭޖްކުރުން.
  • އެއްވެސް ޓެކްނިކަލް ފެސިލިޓީއެއްގައި ނުވަތަ އިކުއިޕްމަންޓެއްގައި މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެކަން ޝިފްޓު ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ ލަފައާއިއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން.
  • ސްޓޭޝަންގެ ހުރިހާ އިމާރާތެއްގައި ކަރަންޓުގެ މައްސަލައެއް ފާހަގަ ވެއްޖެނަމަ، ލަސްނުކޮށް އެކަން ޝިފްޓު ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ ލަފައާއިއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން.
  • ބްރޯޑްކާސްޓް ފެސިލިޓީއެއްގެ އެއަރކަންޑިޝަންގެ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، ލަސްނުކޮށް އެކަން ޝިފްޓު ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ ލަފައާއިއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
  • ދިވެހި އަދި އިގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 ޖުލައި 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

             

                        04 ޒުލްޤައިދާ 1439

17 ޖުލައި 2018
ހޯދާ