ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓާރ ސްޕޯޓްސްގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާނު

ވޯޓާރ ސްޕޯޓްސްގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

ނިލަންދޫ ހަގު ތުނޑީ ސަރަޙައްދުން ވޯޓަރ ސްޕޯރޓްސް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން 2018 ޖުލައި 03 ގައި ކޮށްފައިވާ ނަންބަރު (IUL)374-C/374/2018/80 އިޢުލާނާއި ގުޅިގެން ކަނޑައެޅިފައިވާ ޢަދަދަށް މަޢުލޫމާތު ސާފު ކުރުމަށް މީހުން ވަޑައިގެންފައި ނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެބިން ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

ވީމާ، ބިން ހޯއްދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 25 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ޖުލައި 30 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. ބިޑް ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 25 (ފަންސަވީސް) ލާރިއެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބިޑް ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑް އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ވޯޓަރ ސްޕޯރޓްސް މަސައްކަތަށް ބިން ކުއްޔަށް ހިފުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ޛުލްޤައިދާ 1439

17  ޖުލައި  2018                                         

17 ޖުލައި 2018
ހޯދާ