މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އެގްޒެކެޓިވް

 

 

                                    އިޢުލާން ނަންބަރު: IUL)MMPRC-HR/1/2018/36)

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  އެކައުންޓްސް އެގްޒެކެޓިވް

މުސާރަ (މަހަކު) : -/6،600 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: 4,400/-  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އެކައުންޓްސް

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ)
  2. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މިކޯޕަރޭޝަނުން ހަދަންޖެހޭ ޕޭމަންޓްތަކުގެ ހިސާބުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ޤަވާއިދުން އިންވޮއިސްތަކަށް ޕޭމަންޓް ހެދުން އަދި ޕޭމަންޓްތަކާއިގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ހިސާބުތައް ތައްޔާރުކުރުމާއި، ޤަވާއިދުން ރެކޯޑްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން
  2. މިކޯޕަރޭޝަންގެ އެކައުންޓްތައް ރިކޮންސައިލް ކުރުމާއި ކޮންމެ މަހަކަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  3. މިކޯޕަރޭޝަނަށް ލިބޭ ފައިސާ އާއި ލިބެންޖެހޭ ފައިސާއާގުޅޭ ލިޔެކިއުންތަކާއި ހިސާބުތައް ތައްޔާރުކުރުމާއި، ޤަވާއިދުން ރެކޯޑްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ޤަވާއިދުން ކުރުން.
  4. އަދި މިކޯޕަރޭޝަންގެ ފައިނޭންސްއާގުޅޭ އެހެނިހެން ލިޔެކިޔުންތަކާއި، ހިސާބުތަކާއި އަދި ރިޕޯޓްތައް، ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ބެލެހެއްޓުން.
  5. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

 ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 22 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަން (ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް ހުރި އިމާރާތް، 1 ވަނަ ފަންގިފިލާ) އަށް

ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 

 އިތުރު މަޢްލޫމާތު:

  •  މިމަޤާމަށް މީހުން ހޮވުމުގައި "ކުއިކް ބުކްސް" ބޭނުންކުރަން އެނގޭފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، ތަޢްލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                               15 ޖުލައި 2018

 

15 ޖުލައި 2018
ހޯދާ