ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

ވަޒީފާގެ ފުރުސަތު                            ނަންބަރ: 421/IUL/2018/24

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ:

J-295935

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީއެސް 3

މަޤާމްގް ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ގދ.ވާދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/4465

ސާރވިސް އެލަވަންސް

މަހަކު: 1500.00

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އިތުރުގަޑީގެ ފައިސާ
  3. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700 ( ހަތްސަތޭކަ ރުފިޔާ )

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:

  1. އޮފީސް ހުޅުވަންޖެހޭ މަސްތަކުގައި ގަޑިޖެހުމުގެ 10 މިނެޓް ކުރިން އޮފީސް ހުޅުވުމާއި،ރަސްމީގަޑި ނިމުމުން އޮފީސް ބަންދުކުރުން.
  2. އޮފީސް ހުޅުވާ މަސްތަކުގައި ވެރިން އަންގާ ނުރަސްމީގަޑިތަކުގައި އޮފީސް ހުޅުވުމާއި އޮފީސް ބަންދުކުރުން
  3. އޮފީސް ޔައުމިއްޔާ އާއި މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  4. ދަނޑުވެރިކަމާބެހޭ އެންމެހާ މަޢުލޫމާތު އެއްކުރުމާއި،ދަނޑުވެރިކަމާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި،ރިޕޯޓް ފޮނުވުމާއި،ރެކޯޑް ބެލެހެއްޓުން
  5. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެސްޓިމޭޓްތައް އިޢުލާންކުރުމާއި،އެސްޓިމޭޓްތައް ބަލައިގަތުމާއި،އެސްޓިމޭޓްތައް ކާމިޔާބްކުރާ ފަރާތްތަކާއި މަސައްކަތް ހަވާލުކުރުމާއި،އެފަދަ ފަރާތްތަކާއި ދެމެދު އެގްރީމެންޓް ހެދުމާއި،އެގްރީމެންޓްތައް ބެލެހެއްޓުމާއި،އެމަސައްކަތް ކުރާ ފަރާތަށް ފައިސާ ހޯދައިދިުމާއި،މަސައްކަތް ނިމުމުން އެމަސައްކަތް ބަލައިގަތުން
  6. އެކިއެކި ހާދިސާ ތަކާއި ކާރިޘާތަކާއި ބެހޭ މަޢުލޫމާތު އެއްކުރުމާއި،ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން
  7. ރަށުގެ އެކިއެކި މުވައްސަސާތަކުން ހިންގާ އިޖުތިމާޢީ ޕޮރްގްރާމް ތަކުގައި ކައުންސިލް އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  8. ހަވާލުކުރެވިފައިވާ އެންމެހައި މަސައްކަތްތަކުގެ ރިޕޯޓްތައް ގަވާއިދުން އެކަމާ ގުޅުންހުރި މުވައްސަސާތަކަށް ފޮނުވުން.
  9. ގޭގޭގެ ރަޖިސްޓްރީ އާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުން

10. އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ މަސައްކަތް ކުރުން

11. އިންތިޚާބް ތަކާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުން

12. ދާއިމީ މުވައްޒަފުންގެ ރަޖސިްޓްރީ،ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ،މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމުގެ ރެކޯޑް އަދި މުވައްޒަފުންގެ ހާޒިރީ އާއި ވަގުތީ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން

13. ރަށާއި ރަށުން ބޭރުގައި ބާއްވާ ވޯކްޝޮޕް ތަކާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން

14. ރަސްމީ މުނާސަބަތުތައް ފާހަގަކުރުމަށްޓަކާ ކުރަންޖެހޭ އެންމެހައި މަސައްކަތް ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން

15. ފަޅުރަށްރަށާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން

16. މާވެއްޓާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން

17. އޮފީސް ހިންގެވުމަށްހުން ވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތްތަކާއި އިޖުތިމާޢީމަސައްކަތްތައް ކުރުން

18. މިސްކިތް ތަކާއި ބެހޭ އެންމެހައި މަސައްކަތް ކުރުން

 

މަޤާމުގެ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން " ސެކަންޑްރީ ސްކޫލް " ނުވަތަ " ހަޔަރ ސެކަންޑްރީ ސްކޫލް " އިމްތިޙާނުގައި " ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 

ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުންކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން މުވައްޒަފު ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑީވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި،ޓްރާންސްކްރިޕްޓްގެ ކޮޕީ:ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ:
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 

 

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާރކްސް

އިންސައްތަ

( % )

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާއ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

05

އިމްތިޙާން

"ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

05

05

މަސައްކަތުގެ ތަޖްރިބާ

މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖްރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

 

185

100

100

ނޯޓް: މަގާމަށް ޢައްޔަށް ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓްގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2018 ޖުލައި 23 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ގދ.ވާދޫ ކައުންސިލް އިދާރާއަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( vaadhoocouncil@gmail.com  ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެއަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައި ގަނެވޭނެވެ.

 

އިންޓަރވިއު ( އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުމަށް ) އޮންނާނެތަނާއި މުއްދަތު:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 24 ޖުލައި 2018 އާއި 30 ޖުލައި 2018 އާއި ދެމެދު ގދ.ވާދޫ ކައުންސިލް އިދާރާގައެވެ. ( މި މަޤާމަށް މީހަކު ހޮވުމަށް އިމްތިޚާން އެއް އަދި ޕްރެޒެންޓޭޝަން އެއް ހަދަންނުޖެހޭނެއެވެ.)

ޝޯޓް ލިސްޓް ކުރުން

  1. މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި،ތަޖުރިބާއަށްބަލައި،ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ vaadhoocouncil@gmail.com އަށެވެ.

 

02 ޒުލްޤަޢިދާ 1439

15  ޖުލައި  2018

 

 

                                                     މުޙައްމަދު ވަޙީދު

                                                    ކައުންސިލްގެ ރައީސް

15 ޖުލައި 2018
ހޯދާ