މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލެވިފައިވާ ހިޔާ 2018 މަޝްރޫޢުގެ ދަށުން އިޢުލާން ކުރެވިފައިވާ ކެޓެގަރީގެ ފޯމާއި މަޢުލޫމާތު ކަރުދާހަށް އިޞްލާޙެއްގެނައުން

މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު  (IUL)138-AS6/1/2018/150 އިޢުލާނު އަދި 10 ޖުލައި 2018 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-DS2/138/2018/91 އިޢުލާނު ޙަވާލާދީ ދަންނަވަމެވެ.

 

ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ ކެޓެގަރީގެ ފޯމާއި މަޢުލޫމާތު ކަރުދާހަށް އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

އިޞްލާޙު 1

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ ފޯމު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ފޯމުގެ ޞަފްޙާ 3އަށް ބަދަލުގެނެވިފައިވާ ފޯމު މި މިނިސްޓްރީގެ ހިޔާ ވެބްސައިޓުންނާއި، މި މިނިސްޓްރީއިން ލިބިވަޑައިގަންނަވާނެވެ. އަދި އެންމެ ފަހުގެ އިޞްލާޙްކޮށްފައިވާ 2 ކެޓެގަރީގެ އިޞްލާޙްކުރެވިފައިވާ ފޯމު އަދި މަޢުލޫމާތު ކަރުދާހުގެ ކޮންމެ ޞަފްޙާއެއްގެ ތިރީގައި H9/07/18/V3 ނުވަތަ H13/07/18/V3 ލިޔެވިފައިވާނެއެވެ.

 

އިޞްލާޙު 2

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް:

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

އެންމެ ގިނަވެގެން ލިބޭނެ ޕޮއިންޓް

ޕޮއިންޓް

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު (ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ތެރެއިން 1.1 ނުވަތަ 1.2 ޚިޔާރުކުރައްވާ ފޯމުގައި ކަނޑައެޅިފައިވާ ތަނުގައި ފާހަގަ ޖައްސަވާ)

1.1) ދަފްތަރުގައި ދެމިހުރި މުއްދަތު

40

10

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ވެފައި ނުވާނަމަ

20

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ހަމަވެ، 10 އަހަރު ހަމަ ނުވާނަމަ

30

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

40

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

1.2) މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު

40

10

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 5 އަހަރު ހަމަވެ، 10 އަހަރު ވެފައި ނުވާނަމަ

20

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

30

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ހަމަވެ، 20 އަހަރު ހަމަ ނުވާނަމަ

40

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

2) ޢާއިލާގެ ކުޑަބޮޑުމިން

20

5

ދަރިއަކު ނެތްނަމަ

10

ދަރިންގެ އަދަދު 1 ނަމަ

15

ދަރިންގެ އަދަދު 2 ނަމަ

20

ދަރިންގެ އަދަދު 3 ނުވަތަ އެއަށްވުރެ ގިނަނަމަ

3) އެހެނިހެން

10

10

ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ޢާއިލާގެ ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ

4) ދިރިއުޅުމުގެ ހާލަތު

30

30

ދިރިއުޅުމުގެ ހާލަތަށް ރިޢާޔަތްކޮށް ދެވޭ ޕޮއިންޓް

 

 

އިޞްލާޙު 3

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް:

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު

އެންމެ ގިނަވެގެން ލިބޭނެ ޕޮއިންޓް

ޕޮއިންޓް

ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑު (ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ތެރެއިން 1.1 ނުވަތަ 1.2 ޚިޔާރުކުރައްވާ ފޯމުގައި ކަނޑައެޅިފައިވާ ތަނުގައި ފާހަގަ ޖައްސަވާ)

1.1) ދަފްތަރުގައި ދެމިހުރި މުއްދަތު

40

10

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ވެފައި ނުވާނަމަ

20

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 5 އަހަރު ހަމަވެ، 10 އަހަރު ހަމަ ނުވާނަމަ

30

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

40

ދަފްތަރުގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

1.2) މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު

40

10

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 5 އަހަރު ހަމަވެ، 10 އަހަރު ވެފައި ނުވާނަމަ

20

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ހަމަވެ، 15 އަހަރު ހަމަ ނުވާނަމަ

30

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ހަމަވެ، 20 އަހަރު ހަމަ ނުވާނަމަ

40

މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 20 އަހަރު ހަމަވެ، އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާނަމަ

2) ޢާއިލާގެ ކުޑަބޮޑުމިން

20

10

ދަރިއަކު ނެތްނަމަ

15

ދަރިންގެ އަދަދު 2 ނަމަ

20

ދަރިންގެ އަދަދު 1 ނަމަ

3) އެހެނިހެން

10

10

ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ޢާއިލާގެ ޚާއްޞައެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ

4) ދިރިއުޅުމުގެ ހާލަތު

30

30

ދިރިއުޅުމުގެ ހާލަތަށް ރިޢާޔަތްކޮށް ދެވޭ ޕޮއިންޓް

 

 

އިޞްލާޙު 4

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން ލިޔުންތައް ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް:

- ފޯމު ހުށަހަޅާ ފަރާތުގެ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުން ހަވާލުކުރެވޭ މާލޭ ދަފްތަރުގެ ވަގުތީ ލިޔުމުގެ ކޮޕީ

- ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ތެރެއިން 1.2 (މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު) ހިޔާރުކުރައްވާ ނަމަ ފުލެޓަށްއެދޭ މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ 2 ހެކިންގެ އައިޑީ ކާޑުގެ ކޮޕީ

- މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތުގެ ތެރޭގައި ކިޔަވަން ނުވަތަ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމާއި، ވަޒީފާގެ ގޮތުން އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒީފާ އަދާކުރުމުގެ ސަބަބުން 6 މަސް ނުވަތަ 6 މަހަށްވުރެ ދިގު މުއްދަތަކަށް މާލެ ފިޔަވައި އެހެން ތަނެއްގައި ދިރިއުޅެފައިވާނަމަ އެކަން ސާބިތުކުރުމަށް ބޭސް ފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ

 

އިޞްލާޙު 5

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 4 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވުން ނުވަތަ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅައި މާލޭ ދަފްތަރުގެ ވަގުތީ ލިޔުން ހަވާލުކުރެވިފައިވާ ފަރާތަކަށްވުން

 

އިޞްލާޙު 6

އިޞްލާޙު ގެނެވުނު ކެޓެގަރީތައް

1) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ

2) މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު

ގެނެވުނު އިޞްލާޙު

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އަދި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓުގެ މަޢުލޫމާތު ކަރުދާހުގެ މާނަކުރުމަށް ތިރީގައިމިވާ މާނަކުރުން އިތުރުކޮށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: މެދުކެނޑުން: މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި މެދުކެނޑުމެއް ކަމުގައި ބެލެވޭނީ، ތިރީގައިވާ ސަބަބުތައް ފިޔަވައި އެހެން ސަބަބަކާއިހުރެ 6 މަސް ނުވަތަ 6 މަހަށްވުރެ ދިގު މުއްދަތަކަށް މާލެ ފިޔަވައި އެހެން ތަނެއްގައި ދިރިއުޅެފައިވާނަމަ.

1) ކިޔަވަން ނުވަތަ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން

2) ވަޒީފާގެ ގޮތުން އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒީފާ އަދާކުރުން

 

13 ޖުލައި 2018
ހޯދާ