ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޓެންޑެންސް މެޝިން ހޯދުމާ ގުޅޭ

އެޓެންޑެންސް މެޝިން ހޯދުމާބެހޭ

 މިޑިޕާޓްމަންޓުގެ ނަންބަރު 198-F/2018/44 ޢިއުލާނާ ގުޅިގެން އެޓެންޑެންސް މެޝިން ސަޕްލައިކޮށްދިނުމަށް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެޓެންޑެންސް މެޝިން ހޯދުމާ ގުޅޭބައި ބާޠިލުކޮށް އަލުން އެޓެންޑެންސް މެޝިން ހޯދުމަށް އިޢުލާން ކުރީމެވެ.

މިކަމާއިބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 2018 ޖުލައި 16 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006237 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖުލައި 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޝައްވާލް 1439

12 ޖުލައި   2018

 

 

 

12 ޖުލައި 2018
ހޯދާ