އުކުޅަހު ސުކޫލް، އއ. އުކުޅަސް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

މަޤާމް:                             ރިލީފް ޓީޗަރ

ބޭނުންވާ އަދަދު:                       4 (ހަތަރެއް)  (ދިވެހި 1، ކްރިއޭޓިވް އާރޓް 1، ހެލްތް އެންޑްޕިއޭ 1، އިސްލާމް 1)    

ވަޒީފާއޮތް އޮފީސް:                އުކުޅަހު ސްކޫލް

ދާއިރާ:                       ކިޔަވައިދިނުން

ގިންތި:                       ކޮންޓްރެކްޓް (3 މަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އުކުޅަހު ސްކޫލް، އެކަޑަމިކް

ޝަރުތު އަދި އުޖޫރަ

 

މުވައްޒަފުންގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސްއެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމް ޙާސިލްކޮށްފައިވުން / ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

4500.00 ރުފިޔާ

1500:00 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން

5500.00 ރުފިޔާ

1500:00 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

6090.00 ރުފިޔާ

2500.00 ރުފިޔާ

          

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 

 - ކަނޑައެޅިފައިވާ ޓައިމް ޓޭބަލާއި އެއްގޮތްވާ ގޮތުގެ މަތިން ކުލާސްތަކުގައި ކިޔަވައިދީ، ކަނޑައެޅިފައިވާ މުޤައްރަރު ދަރިވަރުންނަށް ޙާޞިލުކޮށްދިނުން، އަދި ކިޔަވައި ދިނުމާއި ގުޅުންހުރި މަސައްކަތް ކުރުން.

 

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          އިމްތިޙާން "ސިވިލް ސަރވިސްގެވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން

-            މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-            މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

 

އިންޓަރވިއު ކުރުން:                          

         

ހ. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން ފަހުން އެންގޭނެ ކަމުގައި ދަންނަވަމެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އއ.އުކުޅަހު ސްކޫލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

                                                                                                                                                               

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:       

 

-          ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އއ.އުކުޅަހު ސްކޫލަށް.

-          ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެކުރިން

                   

ނޯޓް:

 

        މި އިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އއ.އުކުޅަހު ސްކޫލް ނަމްބަރު:6660843 ފޯނަށް ގުޅުއްވުން އެދެމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖުލައި 2018
ހޯދާ