މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް 22 ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެ

މި މިނިސްޓްރީއަށް 22 ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެއެވެ.

          ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 17 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި މިނިސްޓްރީ އިން ހަވާލުކުރާ މަޢުލޫމާތާއި އެއްގޮތަށް 22 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

          މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

          މަސައްކަތް ޙަވާލުކުރެވޭނީ ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

 

10 ޖުލައި 2018

10 ޖުލައި 2018
ހޯދާ