މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރ:

(J223018)

ބޭނުންވާ ޢަދަދު:

1 އެކެއް

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓްސް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، މުލަކަތޮޅު މުލި

މުސާރަ:     

3470.00ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1000.00ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

1200.00ރުފިޔާ (މަހަކު)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

 

  1. އަތޮޅުކައުންސިލްގެ އިދާރާގެ ހުރިހާތަނެއް ދުވާލަކު އެއްފަހަރު ކުނިކަހާ، ފޮޅާ ސާފުކުރުމާއި، ހަފްތާއަކު ދެފަހަރު ތަޅުމުގައި މޮޕްލުމާއި ޑަސްބިންތަކުގައި ހުންނަ ލިޔުންތައް އަންދައި އެތަކެތި ނައްތާލުން.
  2. އަތޮޅުކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި ވަށާބޭރު ހަޑިވިޔަނުދީ ސާފުކޮށް ވިނަނޮޅާ ކުނިކެހުން.
  3. އަތޮޅުކައުންސިލްގެ އިދާރާގެ ފަރާތުން އެކިފަރާތްތަކަށް ރައްދުކުރަން ހުންނަ ލިޔުމާއި، އެހެނިހެން ތަކެތި ހަމަޖައްސާފައިވާ ޤަވާޢިދުގެމަތިން ރައްކާތެރިކަމާއެކު އެފަރާތްތަކާއި ޙަވާލުކުރުން.
  4. އަތޮޅުކައުންސިލްގެ އިދާރާގައި ބޭނުންކުރާ މޭޒުތަކާއި ގޮނޑިތައް ކޮންމެދުވަހަކު ފޮހެ ސާފުކުރުން.
  5. އަތޮޅު ކައުންސިލް އިދާރާގެ ސައިމާލަމް ދުވާލަކު އެއްފަހަރު ސާފުކުރުން.
  6. އަތޮޅުކައުންސިލްގެ އިދާރާގެ ފާޚާނާ ކޮންމެ ދުވަހަކު ސާފުކުރުން.
  7. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ހޯލް ދުވާލަކު އެއްފަހަރު ސާފުކުރުން. އަދި މީޓިންގ ހިގަމުންދާއިރު މީޓިންގގައި ބައިވެރިވެލައްވާ ބޭފުޅުންނަށް އިދާރާއިން އަންގާގޮތެއްގެ މަތިން ކޮޕީ އެރުވުން.
  8. އަތޮޅު ކައުންސިލް އިދާރާގެ ޕާކުތަކުގައި ބަގީޗާ ހައްދާ އާލާކޮށް ބަގީޗާތަކަށް ފެންދީ ބެލެހެއްޓުން.
  9. އިދާރާގެހުރިހާމުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދިދިމާވާމުހިންމުކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.
  10. އަތޮޅު ކައުންސިލް އިދާރާގެ ދޮރުފޮތިތައް ހަޑިވިޔަނުދީ ދޮވެ ސާފުކުރުން. 
  11. އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  12. ވަޒީފާބަޔާނުގައިވާ ކަންތައްތަކުގެ އިތުރުންވެސް އަތޮޅުކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި އަތޮޅުކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުން ހިނގަމުންދާ މަސައްކަތް ތަކުގެ ތެރެއިން ހަވާލުކުރާ މަސައްކަތްތަށް ކުރުން. 

މަޤާމުގެ ޝަރުތުތައް:

  1. ލިޔަން ކިޔަން އެނގުން.
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.  
  1. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފެންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަމްރީނަށް ބަލައިގެން. 
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.
  3. ލިބިފައިވާ ހުނަރު، ފެންވަރު، ޞިއްޙަތު، ގާބިލްކަމަށް ބަލައިގެން. 

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް 6720017 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. 

އިންޓަވިއު

އޮންނާނެ ތަނާއި މުއްދަތު:

  • މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 23 ޖުލައި 2018 އާއި 25 ޖުލައި 2018 އާ ދެމެދު މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 

ޝޯޓް ލިސްޓް ކުރުން:

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 05 އަށް ވުރެ ގިނަނަމަ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ6720600  އަށެވެ. ފެކްސް ކުރާނެ ނަމްބަރަކީ 6720017 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

26 ޝައްވާލު 1439ޙ.

10 ޖުލައި 2018
ހޯދާ