މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަށް ރަޖިސްޓްރީވުމާއި އަދި އިންތިޚާބް އޮންނަ ތާރީޚްއާއި ގުޅޭ އިއުލާން.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަށް ރަޖިސްޓްރީވުމާއި އަދި އިންތިޚާބް އޮންނަ ތާރީޚްއާއި ގުޅޭ އިއުލާން.

               ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ނަފްސާނީ ބަލިތަކާބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގައި ހިމަނަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މިކައުންސިލްގައި މިދެންނެވި ދާއިރާއިން މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރިމަތުލުމުގެ ފުރުޞަތު މި މިނިސްޓްރީއިން ހުޅުވާލުމުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރުތައް ތަރުތީބުކުރެވިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

 

ކެނޑިޑޭޓް ނަމްބަރު

ފުރިހަމަ ނަން

އެޑްރެސް

އަތޮޅާއި ރަށް

1

ޝެހެނާޒް އިސްމާޢީލް

މ.ފޮނިހެލެބެލިގެ

ކ.މާލެ

2

މުޙައްމަދު މުޞްޠަފާ ފާރޫޤު

މއ. ނޫރަނުގެ

ކ.މާލެ

3

ޢަބްދުﷲ ފަޞީޙް

ތްރީފްލާވަރ

ސ.މީދޫ

4

މަރްޔަމް ސަޢާދާ

ބްލޫހެވަން

ސ.މަރަދޫފޭދޫ

5

ސަމްހާ ނަޞީރު

ގޮމަށިމާގެ

މ.މުލައް

 

             ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ބައިވެރިވެވޭނީ މޯލްޑިވްސް އެލައިޑް ކައުންސިލް އަދި މޯލްޑިވް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރީގައި ހިމެނޭ ބޭފުޅުންނަށް ކަމުގައި ދަންނަވަމެވެ. މިހެންކަމުން ވޯޓުލާން ވަޑަގަންނަވާ ބޭފުޅުން 5 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހު، 14:00ގެ ކުރިން، މިދެންނެވި ކައުންސިލްތަކުގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.

             ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބް އޮންނާނީ 27 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ 09:00 ން 11:00 ގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައެވެ.

 

 ވޯޓުލުމާއި ވޯޓު ގުނުން އޮބްޒާވްކުރުގެ ފުރުޞަތު:

ވޯޓްލާތަނުގައާއި ވޯޓުގުނާތަނުގައި ކެނޑިޑޭޓަށް ނުވަތަ ކެނޑިޑޭޓް ކަނޑައަޅާ ފަރާތަކަށް އަދި މީޑިއާތަކަށް އޮބްޒާވްކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އޮބްޒާވަރަކު ބެހެއްޓުމަށް ބޭނުންވެލައްވާ ކެނޑިޑޭޓަކު ނުވަތަ މީޑިއާއިން ވޯޓުލުމަށް ހަމަޖެހިފައިވާ ދުވަހުގެ 7 ދުވަސްކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ލިއުމުން އަންގަންވާނެއެވެ.

ވޯޓުލާން ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިޔުންތައް:

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ގެންނަންވާނެއެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޖުލައި 2018
ހޯދާ