ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ހިންގާ ކޯރސްތައް ކިޔަވައި ދެއްވާނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެ.

އިޢުލާން

------------------------------------------------------------------------------------------------------------------------------------------

                              ފެކަލްޓީ  އޮފް ހެލްތު ސައިންސަސްގައި ހިންގާ  ކޯރސް ތަކުގެ ތިރީގައި މިދައްނަވާ މާއްދާތައް ކިޔަވައި ދެއްވާނެ ފަރާތްތައް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 11 ޖުލައި 2018 ވަނަ ދުވަހުގެ 13.30 ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު ސިޓީ ފޮނުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި : އެޓެސްޓް ކުރެވިފައިވާ ސެޓިފިކެޓްތަކުގެ އަސްލު ކޮޕީ އާއި އައިޑި ކާޑުގެ ކޮޕީ.

 

  1. މާއްދާގެ ނަން: ހިއުމަން ބަޔޮލޮޖީ

ކިޔަވައިދޭންޖެހޭ ގަޑީގެ ޢަދަދު: 56 ގަޑި

ކިޔަވާ ދޭންޖެހޭ ވަގުތު: ހަވީރު 4.00 ން ރޭގަނޑު 10.00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.

ހަފްތާ އަކު ނަގާދޭންޖެހޭ ގަޑީގެ ޢަދަދު: 14 ހަފްތާ ވަންދެން ހަފްތާއަކު 4 ގަޑިއިރު

ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު:ޖުލައި 2018 އިން އޮކްޓޯބަރ 2018 އަށް  

ފެންވަރު ނުވަތަ ޝަރުތު: ބަޔޮލޮޖިކަލް ސައިންސްއިން މާސްޓަރސް ނޫނީ އެއާއި އެއްފެންވަރުގެ ކޮލިފިކޭޝަނެއް އޮތުން. ކަނަޑައެޅިފައިވާ ޝަރުތު ހަމަވާފަރާތެއް ނުލިބިއްޖެނަމަ ކިޔަވައިދޭ މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުން. ޔުނިވަރސިޓީއެއްގައި ބެޗެލަރސް ޑިގްރީ ފެންވަރުގެ ގުޅުންހުރި މައްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

  1. މާއްދާގެ ނަން: ސައިކޮލޮޖިކަލް އެސެސްމެންޓްސް އެންޑް އެޕްލައިޑް ސްޓެޓިސްޓިކްސް 2

ކިޔަވައިދޭންޖެހޭ ގަޑީގެ ޢަދަދު: 56 ގަޑި (ދެގުރޫޕަކަށްބަހާލައިގެން، ޖުމްލަ  112ގަޑި)

ކިޔަވައިދޭންޖެހޭ ވަގުތު: ހަވީރު 4.00 ން ރޭގަނޑު 10.00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.

ހަފްތާ އަކު ނަގާދޭންޖެހޭ ގަޑީގެ ޢަދަދު: 14 ހަފްތާ ވަންދެން ހަފްތާއަކު  ކޮންމެ ގްރޫޕަކަށް 4 ގަޑިއިރު

ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު: ޖުލައި 2018 އިން އޮކްޓޯބަރ 2018 އަށް   

ފެންވަރު ނުވަތަ ޝަރުތު: ސައިކޮލޮޖީއިން ބެޗެލަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުމާއެކު ސައިކޮލޮޖިކަލް އެސެސްމެންޓް މޮޑިޔުލް ކިޔަވާފައިވުން. ޔުނިވަރސިޓީއެއްގައި ބެޗެލަރސް ޑިގްރީ ފެންވަރުގެ ސައިކޮލޮޖީ ނުވަތަ ގުޅުންހުރި މައްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

  1. މާއްދާގެ ނަން: ކޮގްނިޓިވް ސައިކޮލޮޖީ

ކިޔަވައިދޭންޖެހޭ ގަޑީގެ ޢަދަދު: 56 ގަޑި

ކިޔަވައިދޭންޖެހޭ ވަގުތު: ހަވީރު 4.00 ން ރޭގަނޑު 10.00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.

ހަފްތާ އަކު ނަގައިދޭންޖެހޭ ގަޑީގެ ޢަދަދު: 14 ހަފްތާ ވަންދެން ހަފްތާއަކު  4 ގަޑިއިރު

ކިޔަވައިދީ ނިންމަންޖެހޭ މުއްދަތު: ޖުލައި 2018 އިން އޮކްޓޯބަރ 2018 އަށް   

ފެންވަރު ނުވަތަ ޝަރުތު: ސައިކޮލޮޖީއިން ބެޗެލަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުމާއިއެކު ކޮގްނިޓިވް ސައިކޮލޮޖީ މޮޑިއުލް ކިޔަވާފައިވުން. ޔުނިވަރސިޓީއެއްގައި ބެޗެލަރސް ޑިގްރީ ފެންވަރުގެ ސައިކޮލޮޖީގެ މައްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

05 ޖުލައި 2018
ހޯދާ